ފަހުގެ ޚަބަރު


އިތުރަށް...

"ޕޮލް" ތަކަށް އެސްއެމްއެސް ކުރުމަށް ގަނެފައި ހުރި ގިނަ އަދަދެއްގެ ސިމްތަކެއް ވިލާ ގުދަނެއްގެ ތެރެއިން ފެނިއްޖެ

ލިޔުނީ: Unknown - Monday, April 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ވިލާގެ ގުދަނުގެ ތެރޭގައި ހުރި ސިމްކާޑުތައް އަޅާފައި ހުރި ފޮށިތައް - ފޮޓޯ: ޓައިމްސް
ތަފާތު ސިޔާސީ "ޕޮލް" ތަކަށް އެސްއެމްއެސް ކުރުމަށް ވިލާ ކުންފުނިން ގަނެފައި ހުރި ގިނަ އަދަދެއްގެ ސިމްތަކެއް ވިލާ ގުދަނެއްގެ ތެރެއިން ފެނިއްޖެ ކަމަށް ޓައިމްސް އެމްވީ އިން ބުނެފިއެވެ. އެ ނޫހުންބުނީ "ޓައިމްސް" އަށް މައުލޫމާތު ދިން ފަރާތުން މިސިމްތައް ފެނިފައިވަނީ ވިލާގެ ކޮން ގުދަނަކުންކަން ހާމަކޮށްފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ހިމެނޭ ގޮތަށް އެކި އެކި ޓީވީ ޗެނަލްތަކުން ގެނެސްދޭ “ޕޮލް” ތަކަށް ވޯޓް ދިނުމަށް ޤާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ގަނެފައިވާ ކަމަށް ބެލެވޭ މިސިމް ތައް ހުރީ ތިން ފޮށިގަނޑެއްގައި ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ހާމަކޮށްފައިވާކަމަށް އެ ނޫހުން ބުނެއެވެ.

ޖުމްހޫރީ ޕާޓީގައި ހަރަކާތްތެރިވާ އިސް ފަރާތަކުން ހާމަކުރި ގޮތުގައި ރައްޔިތުންގެ ތާއީދު ޤާސިމަށް އޮތްކަން ދެއްކުމަށް މިކަހަލަ ކިތަންމެ "ޖަރީމާ" އެއް ޤާސިމް ގެންދަނީ ހިންގަމުންނެވެ.

ޓައިމްސް އިން ބުނީ އެފަރާތަށް މައުލޫމާތު ދިން ފަރާތުން ހާމަކުރި ގޮތުގައި މައުލޫމާތު ދިން ފަރާތް ހޯދައި ވަޒީފާއިން ކަނޑާލުމަކީ ޤާސިމް ކުރާނެ ކަމެއް ކަމަށާއި، އެގޮތުން ޤާސިމްގެ ޕާޓީން އެންމެ ފަހުން ބޭއްވި ޕާޓީގެ ޖަލްސާއަށް ނުދިޔަ މުއައްޒަފުން ބަލައި އެމީހުންނަށް އިންޒާރުވެސް ދީފައިވާ ކަމަށެވެ.

ޤާސިމްގެ ފިކުރާއި ތަފާތު ވިސްނުން ގެންގުޅޭ މުވައްޒަފުން އޭނާގެ ވަޒީފައިގައި ވަރަށް ގިނަ ޢަދަދަކަށް އުޅޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެފަދަ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް ދެންތިބި މުވައްޒަފުންނަށް ބިރުދެއްކުމުގެ ސިޔާސަތެއް ގެންގުޅެމުން އަންނަ ކަން މާންދޫ ހޮރައިޒަން ފިޝަރީޒް ތެރެއިންވެސް ފެންނަމުން ދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް