ފަހުގެ ޚަބަރު


އިތުރަށް...

ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ އޭގައި އެއް ވެސް ބުރަދަނެއް ހުރި މައްސަލަ އެއް ނޫން - ޢަބްދުއް ރަހީމް ޢަބްދުﷲ

ލިޔުނީ: Unknown - Sunday, April 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ ރިޔާސީ ޕްރައިމެރީގައި މަކަރުހަދާފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ އެއްވެސް ބުރަދަނެއް ހުރި މައްސަލަ އެއް ނޫން ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ނައިބް ލީޑަރު ވިދާޅުވެއްޖެއެވެ..

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީގެތަކުގެ އެތެރޭގެ އިންތިހާބުތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅާނީ އެ ޕާޓީ އަކުން ކަމަށާއި އެއީ ކޯޓު މަރުހަލާއިން ނިންމަން ޖެހޭ ކަންތައްތަކެއް ނޫން ކަމަށެވެ.

"ސިޔާސީ ޕާޓީގެތަކުގެ އެތެރޭގެ އިންތިހާބުތަކަކީ އެ ޕާޓީ އަކުން އިންތިހާބުތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅައިގެން ކުރިއަށް ގެންދާ އިންތިހާބުތަކެއް. އިލެކްޝަންސް ކޮމިޝަނުން ވެސް ވިދާޅު ވަނީ ޕާޓީގެ ތަކުގެ އެތެރޭގެ އިންތިހާބުތަކަށް އެބޭފުޅުން ވެސް ފާޑެއް ވިދާޅުނުވާނެ ކަމަށް. އަދި އެތެރޭގެ އިންތިހާބު ތައް ކުރިއަށް ދާނީ ޕާޓީގެ ތެރޭގައި ހެދިފައިވާ ގަވާއިދެއްގެ ތެރެއިން ކަމަށް އިލެކްޝަންސްއިން ބުނެފައި ވަނީ. އެހެން ވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ އޭގައި އެއް ވެސް ބުރަދަނެއް ހުރި މައްސަލަ އެއް ނޫން. އަދި ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއިން ވެސް އަދި ޕާޓީގެ ހިންގާ ގަވާއިދުގެ ތެރެއިން ޕާޓީގެ އެތެރޭގެ އެއް ވެސް މައްސަލަ އެއްގަ ކޯޓަކަށް ދެވިދާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން އެއްވެސް މައްސަލައެއް އިންތިޚާބާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ނަމަވެސް އުމަރު ނަސީރުގެ ކެމްޕޭން މެނޭޖަރުގެ ގޮތުގަައި ހަރަކާތްތެރިވި އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެފައި ވަނީ ޕްރައިމަރީގައި މަކަރުހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އިންތިޚާބާ ބެހޭ ކޮމެޓީ އަށް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި ގޮތެއް ކަނޑައަޅަން ޖެހޭނީ ޝަރީއަތުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް