ފަހުގެ ޚަބަރު


އިތުރަށް...

މާމެންދޫ ރައްޔިތުން ކަނު އަނދިރީގައި

ލިޔުނީ: Unknown - Sunday, April 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މާމެންދޫ މަލަމަތި - ފޮޓޯ: މާމެންދޫ ފޭސްބްކް ގްރޫޕް
މިއަދު މެންދުރު 12 ގަޑި ކޮންމެވެސް މިނެޓަކުން ފެށިގެން ލ. މާމެންދުއަށް ކަރަންޓް ދެމުން އަންނަ އިންޖީނަށް މައްސަލައެއް ދިމާވެ، މި ވަގުތާ ހަމައަށްވެސް ރައްޔިތުން ކަރަންޓާއި ނުލައި ތިބެން ޖެހިފައި ވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. އަދި މިރޭވެސް ތިބެންޖެހޭނީ ކަނު އަނދިރީގައި ކަމަށް ބެލެވޭ ކަމަށް އެރަށުން މަޢުލޫމާތު ދެއެވެ.



ލ. މާމެންދޫ ކައުންސިލް ރައީސް ޢަލީ ޝިފާޒް މިކަމާ ގުޅިގެން ވިދާޅުވީ މިރޭވެސް މާމެންދުއަށް ކަރަންޓް ދެވޭވަރު ވެދާނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ. ޝިފާޒް ވިދާޅުވީ މިއަދު މެންދުރެއްހައި އިރު މާމެންދުއަށް ކަރަންޓް ދެމުން އަންނަ ހަމައެކަނި އިންޖީނުގެ ޓެމްޕަރޭޗަރު މައްޗަށް އަރައިގެން ގޮސް އިންޖީނު ނިވުނީ ކަމަށާއި ނިވުނު އިރު އޭގެ ކޫލެންޓް ހޮޅިތައްވެސް ފަޅައިގެން ދިޔަ ކަމަށެވެ.

މާމެންދުއަށް ކަރަންޓް ދިނުމަށް މިވަގުތު ބޭނުންކުރަމުން އަންނަ 188 ކިލޯވޮޓްގެ ޖަނަރޭޓަރަށް މިއަދު މައްސަލަ ދިމާވެ ރަށުން ކަރަންޓު ކެނޑިފައި ވާއިރު، އިންޖީނުގޭގައި ދެން ހުރި އިންޖީނުން މުޅި ރަށަށް ކަރަންޓް ދެވޭވަރު ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް