ފަހުގެ ޚަބަރު


އިތުރަށް...

އުމަރު ނަސީރު އެޕާޓީން ވަކިކުރަން ޕީޕީއެމުގެ ސުލޫކީ ކޮމެޓީން ނިންމާފައިވާކަމަށް އަޒީ ވިދާޅުވެއްޖެ

ލިޔުނީ: Unknown - Friday, April 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޕީޕިއެމްގެ ޕްރައިމަރީއަށްފަހު އެޕާޓީގެ ޕްރައިމަރީއަށާއި ޕްރައިމަރީ ކާމިޔާބު ކުރެއްވި އަބުދުﷲ ޔާމީނަށް ފާޑު ވިދާޅުވަމުން ގެންދަވާ އުމަރު ނަސީރު އެޕާޓީން ވަކިކުރުމަށް ނިންމައިފިއެވެ. ރާއްޖޭގެ އޮންލައިން ނޫހެއް ކަަމަށްވާ ސީއެންއެމްގައި ބުނެފައިވަނީ ސީއެންއެމަށް ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އުމަރު އެޕާޓީން ވަކިކުރުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ.

"ސީއެންއެމަށް މައުލޫމާތު ދެއްވަމުން ސުލޫކީ ކޮމެޓީގެ މުގައްރިރު އަބުދުލް އަޒީޒު އަބޫބަކުރު ވިދާޅުވީ އުމަރުގެ މައްސަލާގައި އެކޮމެޓީން އިއްޔެ ނިންމާފައިވާ ކަމަށާއި އެމައްސަލައާއި ގުޅޭ ރިޕޯޓު ޕާޓީގެ ސެކެރެޓަރީ ޖެނެރަލްއާއި ހަވާލުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެމައްސަލާގައި ނިންމި ގޮތް ހާމަ ކުރެއްވުމަށް އަޒީޒު އުޒުރުވެރިވެވަޑައިގެންނެވިއެވެ. " ސީއެންއެމް ގައި މިއަދު ޝާއިޢު  ކޮށްފައިވާ ޚަބަރެއްގައި ވެއެވެ.

"އަޅުގަނޑުމެންވާނީ ނިންމާފައި، އުމަރަށް އެކަން އެނގުމުގެ ކުރިން އަޅުގަނޑުމެން މީޑީއާގައި ހާމަ ނުކުރަން،" އަޒީޒު ވިދާޅުވިކަމަށް ސީއެންއެމް ބުނެއެވެ.

އަޒީޒު ވިދާޅުވީ އެކޮމެޓީން މައްސަލަ އިއްޔެ ނިންމާފައިވަނީ ތަކުރާރުކޮށް އުމަރަށް ފުރުސަތު ދިނުމަށްފަހު ވެސް އެކަން ގަބޫލު ނުކުރެއްވުމުން ކަމަށެވެ. އަދި އިއްޔެގެ ކޮމެޓީގެ ބައްދަލުވުން ބާއްވާފައިވަނީ އަސާސީ ގަވާއިދުގެ ތެރެއަށް ވަނުމަށް ދިން ހަތް ދުވަހުގެ ފުރުސަތު ހަމަވުމުން ކަމަށް ވެސް އަޒީޒު ވިދާޅުވިއެވެ.

އުމަރުވަނީ މައާފަށް އެދިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް