ފަހުގެ ޚަބަރު


އިތުރަށް...

ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު މިއަދު ރަސްމީކޮށް އެޕާޓީއާއި ގުޅިވަޑައިގެންފި

ލިޔުނީ: Unknown - Thursday, April 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު މިއަދު ރަސްމީކޮށް އެޕާޓީއާއި ގުޅިވަޑައިގެންފައިވާކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބުރާހީމު މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އަދި ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންނާއި ސިޔާސީ އިސްފަރާތްތަކުން އެމްޑީޕީއާއި ގުޅޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އަލިބެވެސް ދެން އެމްޑީޕީގެ އިވެންޓުތަކުގައި އަލިބެ ކުރިއަށް އޮތްތަނުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަލިބެގެ ފޯމު މިއަދު އެޕާޓީންވަނީ އިލެކްޝަނަށް ފޮނުވާފައެވެ.

އިބޫ ވިދާޅުވީ އަލިބެގެ އިތުރުން ކުރިއަށް އޮތްތަނުގައި މަޖިލީހުގެ އިތުރު މެމްބަރުންނާއި ސިޔާސީ އިސްފަރާތްތަކުން ގުޅެމުންދާނެ ކަމަށާއި އެމްޑީޕީދާނީ ކުރިއަށް ކަމަށެވެ.

އަލިބެ އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމުން އެޕާޓީގެ ޕީޖީ މެމްބަރުންގެ އަދަދު 31 އަށް އަރާނެއެވެ. އަލިބެ ކުރިން ހުންނެވީ ޑީއާރުޕީގައެވެ. އެމްޑީޕީ ޕާޖީ ގުރުޕަކީ މިހާރު ވެސް މަޖިލީހުގެ މެޖޯރިޓީ ގުރޫޕެވެ. އެނގިފައިވާ ގޮތުގައި އަލިބެއަށް މަރުހަބާ ދެންނެވުމަށް އަންނަ ހަފްތާގެ ތެރޭގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވެސްވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

ޝާހިދުއަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީ މިދިޔަ ހަފްތާ ބަންދުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަކީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު ޖަލްސާއެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް