ފަހުގެ ޚަބަރު


އިތުރަށް...

މޭވާ ދޮންކުރަން ކެމިކަލް ބޭނުން ކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ

ލިޔުނީ: Unknown - Monday, April 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މޭވާއާއި ތަރުކާރީގެ ބާވާތްތައް ހައްދާ އޭގެ ވިޔަފާރި ކުރާ ފަރާތްތަކުން ބެސް ބޭނުން ކޮށްގެން ބޭހުގެ ބައެއް ބާވަތްތައް ދޮންކުރުމަށްޓަކައި ތަފާތު އެކި ވައްތަރުގެ ކެމިކަލްތައް ބޭނުންކުރާތީ އެކަމަކީ ގަވާއިދާ ޚިލާފަށް ކުރާ މުޅިން މަނާ ކަމެއްކަމުގައި ބުނެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ފުޑު އެލާޓެއް ނެރެފިއެވެ.

އެއޮތޯރިޓީން ބުނީ މޭވާ ދޮންކުރުމަށްޓަކައި އެފަދަ ބޭސްބޭނުން ކުރާ ފަރާތްތަކުން ބޭހުގެ ގޮތުގައި ކެލްސިއަމް ކާބައިޑް ބޭނުންކުރާ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ދިރާސާތަކެއް ކުރަމުން ގެންދާ ކަމަށެވެ.

މެވާއާއި ތަރުކާރީ އަކީ ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ތަކެއްޗަށް ވެފައި ކާބޯތަކެތީގެ ގޮތުގައި ބޭނުން ކުރާ އެއްވެސް ބާވަތަކަށް އަސަރުކުރުވާފަދަ ކަމެއް ކުރުމަށް ކެލްސިއަމް ކާބައިޑް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި، އަދި އެފަދަ ކެމިކަލް އެއް ބޭނުން ކޮށްފަ ހުންނަ ބާވަތްތައް ބޭނުން ކުރުމުން ދިމާވެދާނެ ސިއްހީ މައްސަލަ ތަކުގެ ތެރޭގައި ކެއްސުން، ނޭވާކުރުވުން، ކަރުގައި ރިއްސުން، ހަންގަޑު ކަޅުވުމާއި ލޯރަތްވުން ފަދަ ބަލިތައް މިއަދު ނެރުނު ނޫސް ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައި އެފަދަ ކަމެއް ކުރުމަކީ މަނާކަމެއް ކަމުގައިވާއިރ،ު އެފަދަ ކެމިކަލްއެއް ބޭނުން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

އެފަދަ ކަންތައްތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ ކަމެއް ކުރާ ފަރާތެއް ކަށަވަރުކޮށް އިނގޭނަމަ ލަސްނުކޮށް ކަމާއި ގުޅޭފަރާތް ތަކަށް އެންގެމަށްވެސް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ފުޑް އެލާޓުގައި ބުނެފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް