ފަހުގެ ޚަބަރު


އިތުރަށް...

މާވަށު ކަރަންޓް ޙާލަތު މިއިން ޒަމާނަކު ދަށަށް ނުދާވަރަށް ދަށަށް ހިނގައްޖެ – މާވަށު ރައްޔިތުން

ލިޔުނީ: Unknown - Monday, April 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާވަށު ކަރަންޓުގެ ޙާލަތު މިއިން ޒަމާނަކު ދަށަށް ނުދާވަރަށް ދަށަށް ގޮސްފައި ވާކަމަށް އެރަށު ބައެއް ރައްޔިތުން ބުނެފިއެވެ.

މާވަށުން އެލްއޭ ނިއުސް އަށް މަޢުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނީ ކުރިން ރައްޔިތުންގެ ގޮތުގައި ކަރަންޓްގެ ޚިދުމަތް ދިން އިރުވެސް މައްސަލަ ދިމާވެ، ގިނަ ދުވަސް ވާކަމަށާއި ނަމަވެސް މިފަހަރު މިވީހާ ދުވަސް ނުވާ ކަމަށެވެ.

ރައީސް ކަމަށް އަރާވަޑައިގެން ހުންނެވި ވަހީދު ޙަސަން މަނިކު އުފެއްދި 'ފެނަކަ' ކުންފުނީގެ ދަށުން މާވަށަށް މިވަގުތު ކަރަންޓް ދެމުން އަންނަނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 8 އިރު ކަމަށް އެމީހުން ބުންޏެވެ.

"އެކި ދުވަހު އެކި ވަގުތަށް ކަނޑަނީ.. ބައެއް ފަހަރަށް މެންދުރު 12:00 އިން އިރުއޮއްސި 06:00 އަށްވެސް ކަނޑާފަ އޮވޭ." ކަރަންޓް ނެތި ގިނަވަގުތުތަކެއް ހޭދަކުރަން ޖެހިފައިވާ މާވަށު ރައްޔިތުންގެ ވާހަކަތައް ހުރީ މިފަދަ ގޮތަކަށެވެ.

މާވަށު ޒުވާނަކު ބުނީ އެ ރަށުގެ ބައެއް ރައްޔިތުން މީގެ ދުވަސްކޮޅެއް ކުރިން ކައުންސިލް އިދާރާއަށް ގޮސް ކަރަންޓް ކަންތަކަށް ހައްލެއް ލިބޭތޯ މަސައްކަތް ފަށާފައި ވާކަމަށެވެ. "އެގޮތުން އެމީހުން ނިންމާފައިވަނީ 'ފެނަކަ' ކުންފުންޏަށް ކަރަންޓް މައްސަލަ ޙައްލުކުރުމަށް މުއްދަތެއްދީ، އެ މުއްދަތުގެ ތެރޭގައި ހައްލު ނުވެއްޖެ ނަމަ ކައުންސިލް އިދާރާގެ ހުރިހައި މަސައްކަތެއް ހުއްޓުމަކަށް ގެނައުމަށް."

އެގޮތަށް ކައުންސިލް އިދާރާ ބަންދުކުރާނެ ކަމަށް ބުނުމުން މިހާރު ސަރުކާރުގެ އެކިއެކި މުއައްސަސާ ތަކާއި ކައުންސިލުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ކައުންސިލް ރައީސްވެސް ކަރަންޓް ކަންތަކުގައި ވަރަށް އަވަހާ މާލެ ދުރުވާނެ ކަމަށް މަޢުލޫމާތު ލިބޭ ކަމަށް އެފަރާތުން ބުންޏެވެ. އޭނާ އިތުރަށް ބުނީ އެގޮތަށް ކައުންސިލް ރައީސް މާލެ ދުރުވުމުގެ ބޭނުމަކީ ކަރަންޓްގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކަމަށް މަޢުލޫމާތު ލިބިފައި ވާކަމަށެވެ.

މާވަށު ބައެއް ފަރާތްތަކުން ބުނީ ހައްލު ނުވެ އެއް މަހަށްވުރެން ދިގުލައިގޮސްފައިވާ ކަރަންޓްގެ މައްސަލަ ހައްލުނުވެ އިތުރަށް ދިގުލައިގެން ގޮސްފިނަމަ މާވަސުގެ ޙާލަތު ވަރަށް ނާޒުކު ފައްތަކަށް ވެއްޓިދާނެ ކަމަށް ފެންނަ ކަމަށެވެ.

ކަރަންޓް މައްސަލައިގައި މިއަދު ކައުންސިލް އިދާރާއަށް ބަޔަކު ދިޔުމަށް ނިންމާފައި ވީނަމަވެސް މިއަދު އެތަނަށް މީހުން އެއްވެފައެއް ނުވެއެވެ. މާވަށުން މިއަދު އެލްއޭ ނިއުސް އަށް މަޢުލޫމާތު ދިން އެހެން ފަރާތަކުން ބުނީ ކަރަންޓް މައްސަލަ ހައްލުކުރުމަށް ކައުންސިލް އިދާރާއާއި ގުޅިގެން ސުލްޙަވެރިކޮށް މަސައްކަތް ކުރުމުގެ ފިކުރުގައި މިވަގުތު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް