ފަހުގެ ޚަބަރު


އިތުރަށް...

އެޑިޔުކޭޝަން މިނިސްޓްރީގެ ހައްދުފަހަނަޅާފައިވާ ވެރިންގެ ނުފޫޒު ޓީޗަރުންނާއި ސްކޫލްތަކަށް ފޯރުވަނީ

ލިޔުނީ: Unknown - Monday, April 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

- ނުފޫޒުގެ ބޭނުންކޮށްގެން އިމާދު ސޯލިހް ސީއެޗްއެސްސީއަށް 4 ކުއްޖަކު ވައްދަން މަސައްކަތް ކުރި

މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަކީ އެއްވެސް ހާލަތެއްގައި ސްކޫލްތަކަށް ވައްދަންވީ ކުދިންނާއި، ސްކޫލްތަކުން ކަނޑާލަންވީ ކުދިންނަކީ ކޮބައިކަން ކަނޑައަޅަން އޮންނަ މުއައްސަސާއެއް ނޫނެވެ. އެހެން ނަމަވެސް މިއަދުގެ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިމާދު ސޯލިހު އަކީ އެމަނިކުފާނުގެ ހައިސިއްޔަތު އޮޅި ސްކޫލްތަކަށް އެމނިކުފާނުގެ މަސްލަހަތު ހުރި ކުދިން ވެއްދުމަށް އަމުރުކޮށް، ނުފޫޒުގެ ބޭނުންކޮށް ގެންދަނީ އިންތިހާ އަށް ކުރަމުންނެވެ.
 
އިމާދު ސޯލިހު އަކީ 7 ފެބްރުއަރީގައި ބަދަލުވި ވެރިކަމާއި ގުޅިގެން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނު ކުރި މީހެކެވެ. ސަރުކާރުގެ މަޤާމުތައް ބަހާލި އިރު ޤައުމީ ޕާޓީއަށް ލިބުނު މިމަޤާމުގެ ނުފޫޒު ސިޔާސީ ގޮތުންކޮށް ޤައުމީ ޕާޓީގެ ފިކުރާއި ނުގުޅޭ ޓީޗަރުންނަށާއި، ސްކޫލްތަކުގެ ވެރިންނަށް ގެންދަނީ ތަފާތު އިންޒާރުދީ ދަތި ކުރުންތައް ކުރިމަތި ކުރުވަމުންނެވެ.

ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްސީ) ގެ މިއަހަރު އެސްކޫލަށް ވެއްދުމަށް ކުދިން ނަގައި ނިމިފައިވަނިކޮށް 4 ކުއްޖެއް އެސްކޫލަށް ވެއްދުމަށް އިމާދު ސޮއި ކުރަށްވައި ވަނީ ސިޓީ ފޮނުއްވާފައެވެ. އަދި މިކަމާއި ގުޅިގެން ސީއެޗްއެސްއީ އިން މިކަން ނުކުރެވޭނެ ކަމަށް އެންގުމުން އިމާދުވަނީ އެއީ އެސްކޫލްގެ މެނޭޖްމަންޓާއި ބެހޭ ކަމެއް ނޫން ކަމަށާއި، އެކަމުގެ ޒިންމާ ނަގާނީ އެޑިޔުކޭޝަން މިނިސްޓްރީން ކަމަށް ބުނެ އެސްކޫލްގެ ވެރިންނަށް އިންޒާރުވެސް ކޮށްފައެވެ.

ސީއެޗްއެސްސީގެ ޕްރިންސިޕަލްވެސް ވަނީ މިކަމަކީ ހިނގާފައިވާ ކަމެއް ކަމަށް ޓައިމްސް އަށް ކަށަވަރުކޮށްދީފައެވެ. އަދި ޝަރުޠު ހަމަވާ 200 އަށްވުރެ ގިނަ ކުދިން ޖާގަ ފުލްވުމާއި ގުޅިގެން ނުނަގާ ތިބި ކަމަށާއި، އެފަދަ ހާލަތެއްގައި އެޑިޔުކޭޝަން އިން އެކަން އެގޮތަށް ކުރަން އުޅުމަކީ ހިތާމަކުރާ ކަމެއް ކަމަށްވެސް ސީއެޗްއެސްސީގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ޓައިމްސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ސީއެޗްއެސްސީ އާއެކު ބައްދަލުވުންތަކެއް ބޭއްވުމަށްފަހު މިކަން ނުކުރާ ގޮތަށްވަނީ ނިންމާފައެވެ.

ޚަބަރު: ޓައިމްސް އެމްވީ

 

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް