ފަހުގެ ޚަބަރު


އިތުރަށް...

ކަނާތު ގޮއްމުށްކަވައިގެން ހަނދާން ގަދަކުރެވިދާނެ: ދިރާސާ

ލިޔުނީ: Unknown - Tuesday, April 30, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކަނާތު ގޮއްމުށްކަވައިގެން ހަނދާން ގަދަކުރެވިދާނެ - ފޮޓޯ: ސައިންސް ޑެއިލީ
ހަނދާން ގަދަކުރުމާއި އެއްޗެހި ފަސޭހައިން ދަސްކޮށް ސިކުނޑީގައި ބެހެއްޓުމަކީ ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ނަމަވެސް ކުއްލިއަކަށް ފޯނު ނަންބަރެއްފަދަ އެއްޗެއް ހަނދާނުގައި ބަހައްޓަން ބޭނުންވިޔަސް ކޮންމެމީހަކަށް އެކަމަކީ އެހާ ފަސޭހައިން ވެވޭ ކަމަކަށް ނުވެއެވެ.

ސައިންސްވެރިންނާއި ދިރާސާ ކުރާ ފަރާތްތަކުން އަބަދުވެސް ކަންކަން ދިރާސާކޮށް ފަސޭހަ، މޮޅު ގޮތްތައް ހޯދަމުން އައުމަކީ މިއަދު ކުރިއަރަމުންދާ ދުނިޔޭގެ ޙަޤީޤަތެކެވެ. އެހެންކަމުން މިހާރު ސައިންސްވެރިންވަނީ ބާރަށް ކަނާތު ގޮއްމުށްކަވާލައިގެން ވެސް ހަނދާނުގެ ބާރުގަދަ ކުރެވިދާނެ ކަން ހޯދާފައެވެ.

އެމރިކާގެ މޮންޓޮ ކްލެއަރ ޔުނިވަރސިޓީގެ ސައިންސްވެރިން ކޮށްފައިވާ މިފަދަ ދިރާސާއެއްގެ އަލީގައި ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ކަނާއަތް ވަރަށް ބާރަށް މުއްކަވައިގެން ހުރެ ހަނދާންކުރާ އެއްޗެތި ގިނައިރު ހަނދާނުގައި ބެހެއްޓެ އެވެ. އަދި ފަހުން މިފަދަ އެއްޗެއް ނުވަތަ ކަމެއް ހަނދާންކުރަން ބޭނުންވުމުން ވައަތް ބާރަށް މުއްކަވާފައި ހަނދާންކުރަން އުޅުމުން ވަރަށް ފަސޭހައިން ހަނދާންވާ ކަމަށް މި ބޭފުޅުން ވިދާޅުވެ އެވެ.

ކަނާތް މުއްކަވައިގެން ގެންނަ މި ހަރަކާތުގެ ސަބަބުން، ސިކުނޑިގައި ހަނދާންތައް ރައްކާކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ހަރަކާތްތެރިވާ ވާކަމަށް ބައެއް ސައިންސްވެރިން ގަބޫލުކުރެ އެވެ.

އެމެރިކާގެ ސައިންސްވެރިން ވިދާޅުވަނީ ޝޮޕިން ލިސްޓެއް ނުވަތަ ފޯނު ނަންބަރެއް ފަދަ އެއްޗެއް ހަނދާނުގައި ބަހައްޓަން ބޭނުންވާފަހަރު ކަރުދާހަކާއި ގަލަމެއް ނުލިބުނު ނަމަވެސް އަޖުމަ ބަލާލުމުގެ ގޮތުން މި އުކުޅުގެ ބޭނުން ކޮންމެ މީހަކަށް ވެސް ކޮށްލެވިދާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މި ބޭފުޅުން ކުރެއްވި ދިރާސާގައި ބައިވެރިކުރި ވޮލަންޓިއަރުންގެ ތެރެއިން ކޮންމެ މީހަކަށް ރަބަރު ބޯޅައެއް ދިނުމަށްފަހު އޭތި ވަރަށް ބާރަށް ފިއްތައިގެން ހުރެ 72 ބަސް ހަނދާނުގައި ރައްކާކުރުމަށް އިރުޝާދު ދިނެވެ. އަދި އޭގެ އެތަކެއް މިނިޓް ފަހުން އަލުން ބޯޅައަށް ފިއްތައިގެން އެ ބަސްތަކުގެ ތެރެއިން ހަނދާން ހުރި ބަސްތައް އަލުން ކިޔައިދޭން އެދުނެވެ.
މި ވޮލަންޓިއަރުން ފަސް ގްރޫޕަކަށް ބަހާލިއިރު އެއް ގްރޫޕަކުން ހަނދާން ކުރުމަށާއި އަލުން ހަނދާން އާ ކުރުމަށް ބޯޅަ ފިއްތާފައިވަނީ ކޮންމެ ފަހަރަކުވެސް ކަނާތުންނެވެ. އަނެއް ގްރޫޕުން ދެ ފަހަރު ވެސް ބޭނުންކުރީ ވައަތެވެ. ތިން ވަނަ ގްރޫޕްގެ މީހުން ހަނދާން ބެހެއްޓުމަށް ކަނާތުން ބޯޅަ ބާރަށް ހިފެހެއްޓިއިރު އަލުން ހަނދާން ކުރުމަށް ބޯޅަ ފިއްތާފައިވަނީ ވައަތުގައި ބާއްވައިގެންނެވެ. އަދި ހަތަރު ވަނަ ގްރޫޕްގެ މީހުން ހަނދާން ބެހެއްޓުމަށް ވައަތް ބޭނުންކުރިއިރު އަލުން ހަނދާން އާކުރުމަށް ބޭނުންކުރީ ކަނާއަތެވެ. ފަސް ވަނަ ގްރޫޕްގެ މީހުންގެ އަތަށް ބޯޅައެއް ދިން ނަމަވެސް އެމީހުން އެއްވެސް ވަރަކަށް އެ ބޯޅައަށް ނުފިއްތަ އެވެ.

މި ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި އެންމެ ގިނަ ބަސްތައް ހަނދާން ހުރީ ކަނާއަތުން ބޯޅަ ފިއްތާފައި ހަނދާނުގައި ބަހައްޓަން މަސައްކަތް ކުރުމަށްފަހު ވާއަތުން ބޯޅަ ފިއްތާފައި ހަނދާނުގައި ހުރި އެއްޗެތި އަލުން ކިޔައިދިން މީހުންނަށެވެ.
ދެން އެންމެ ގިނަ ބަސް ހަނދާނުގައި ހުރީ ކަނާއަތް ދެ ފަހަރު ވެސް ބޭނުންކުރި ވޮލަންޓިއަރުންގެ އެވެ.

އެއްގޮތަކަށް ވެސް ބޯޅަ ނުފިއްތާ ތިބި މީހުންގެ ހަނދާން ވާއަތުން ބޯޅަ ފިއްތައިގެން ހަނދާނުގައި ބަހައްޓަން މަސައްކަތް ކުރި މީހުންނާއި ދެ ފަހަރަށް ވެސް ވާއަތުން ބޯޅަ ފިއްތި މީހުންނަށް ވުރެ ރަނގަޅުކަން ފާހަގަ ކުރެވުނެވެ.

ބެލެވޭ ގޮތުގައި ކަނާއަތް މުއްކަވާ ބާރުކުރުމުން ސިކުނޑީގައިވާ ހަނދާންތައް ރައްކާކުރާ ހިސާބު އެކްޓިވޭޓް ވެއެވެ. އަދި ވާއަތް މުއްކަވާފައި ބާރަށް ފިއްތާލުމުން ސިކުނޑީގައި ރައްކާކޮށްފައި ހުންނަ މައުލޫމާތުތައް އަލުން ހަނދާންކުރުވާ އޭރިއާ މަސައްކަތް ކުރަން ފަށަ އެވެ.
މި ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. ރުތު ޕްރޮޕާ ވިދާޅުވީ މި ދިރާސާއިން އެނގުނު އެންމެ މުހިއްމު އެއްޗަކީ ހަށިގަނޑަށް ގެންނަ ވަރަށް އާދައިގެ ހަރަކާތަކުން ވެސް ސިކުނޑީގެ ފަންކްޝަނަށް ވަގުތީ ބަދަލުތަކެއް އަތުވެދާނެ ކަމާއި ހަނދާން ގަދަ ކުރެވިދާނެ ކަމެވެ.
އޭނާ އިތުރަށް ވިދާޅުވީ މިގޮތަށް ގެންނަ ހަރަކާތްތަކުން އެހެން ކަހަލަ ހަނދާންތައް ވެސް ގަދަ ކުރެވިދާނެތޯ އާއި ވާއަތްތެރީންނަށް މި އުކުޅުގެ ބޭނުން ކުރެވިދާނެތޯ އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށެވެ.

މަސްދަރުތައް: ހަވީރު އޮންލައިން
       ސައިންސް ޑެއިލީ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް