ފަހުގެ ޚަބަރު


އިތުރަށް...

ތިން މީހަކު ވެގެން 17 އަހަރުގެ ކުއްޖަކު ރޭޕް ކޮށްލައިފި

ލިޔުނީ: Unknown - Wednesday, May 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމަށް ކިޔަވަން ގޮސްހުރި 17 އަހަރަށްދާ އިސްދޫ ކަލައިދޫ ކުއްޖަކު ދިރިއުޅޭ ގެއަށް ބަޔަކު ވަދެ، އެ ކުއްޖާ ރޭޕް ކޮށްލައިފި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އެލްއޭ ނިއުސް އަށް މަޢުލޫމާތު ދިން ފަރާތުން ބުނީ ގަމުގައި މި ކުއްޖާ ރޭޕް ކޮށްލާފައިވަނީ މިދިޔަ ހޯމަދުވަހުގެ ރޭ އެކުއްޖާ ނިދާފާ އޮތް ކޮޓަރިއަށް މޫނު ނިވައިކޮށްގެން ތިބި ބަޔަކު ވަދެ ކަމަށެވެ.

"އެކުއްޖާ ނިދަން އޮއްވާ ހޭލެވުނު އިރު ތިން މީހަކު މޫނު ފޮރުވައިގެން ތިބިކަމަށް ވަނީ. އެމީހުން ތިބީ ވަޅިވެސް ހިފައިގެން. އެމީހުން އެކުއްޖާއަށް ބިރުދައްކާފަ ރޭޕްކޮށްލާފަ ފޮޓޯވެސް ނަގާފަ އެމީހުން އެތަނުން ދިޔައީ." ލ. ގަމު ބައެއް އާއްމުންގެ ފަރާތުން މިފަދަ މަޢުލޫމާތެއް ލިބިފައި ވީނަމަވެސް މިކަމާއިގުޅޭ މަޢުލޫމާތެއް ރަސްމީ ފަރާތަކުން ލިބިފައެއް ނުވެއެވެ. އަދި ފުލުހުންގެ މީޑިއާގައިވެސް މިއަދާއި ހަމައަށް މިފަދަ ޚަބަރެއް ނެތްކަން ފާހަގަކޮށްލެވެއެވެ.

ލ. ގަމު ތުނޑީ އަވަށުގައި ތަޢުލީމު ހޯދުމަށް ގޮސްހުރި މި ކުއްޖާއަށް މިފަދަ އިހާނެތި ގޮތަކަށް ޢަމަލުކޮށްފައި ވާއިރު އެރަށަކީ މިހާރު މަތީ ތަޢުލީމުގެ ފުރުޞަތުތައް ލިބެން ހުރި ރަށެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް