ފަހުގެ ޚަބަރު


އިތުރަށް...

ހެކިންނަށް ނުފޫޒުފޯރުވާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި

ލިޔުނީ: Unknown - Thursday, May 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފުލުހުން ތަހުޤީޤުކޮށް ޕީޖީއަށް ފޮނުވާ މައްސަލަތައް ކޯޓަށް ހުށައެޅުމަށްފަހުވެސް ހެކިންނަށް ނުފޫޒު ފޯރުވުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށާއި އެފަރާތްތައް ހޯދާ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުންބުނެފިއެވެ.

މިދިޔަ އަހަރު ފުލުހުންނަށް ހުށައެޅުނު މަރުގެ ހުރިހާ މައްސަލައެއްގެ ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވާފައިވާކަން ހާމަކުރައްވާ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކުރައިމް ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓަރު މުހަންމަދު ދާއޫދު ވިދާޅުވީ މައްސަލަތައް ޝަރީއަތަށް ހުށައެޅޭ ފަހުންވެސް ހެކި ނައްތާލުމަށް ބައެއް ފަރާތްތަކުން ހެކިންނަށް ނުފޫޒު ފޯރުވަމުން ގެންދާކަމުގައެވެ.

އަދި ހެކިންނަށް ނުފޫޒުފޯރުވާ ފަރާތްތައް ހޯދާ އަޅަންޖެހޭ ޤާނޫނީ ފިޔަވަޅެއް އަޅާނެކަމަށް ޔަގީންކަން ދެއްވާކަމަށްވެސް ދާއޫދު ވިދާޅުވިއެވެ.

ދާއޫދޫ ވިދާޅުވީ މަރުގެ މައްސަލަތަކަކީ އެންމެ އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ މައްސަލަތައްކަމަށާއި މަރުގެ މައްސަލައެއް ހުށައެޅުމުން އެކަމުގެ އަސްލު ހޯދުމަށް ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ވަރަށް ގިނަ މަސައްކަތްތައް ކުރާކަމުގައެވެ.
މީގެ އިތުރުން މިދިޔަ އަހަރު ފުލުހުންނަށް ހުށައެޅުނު މަރުގެ ތަހުޤީގުކޮށް ޕީޖީއަށް ފޮނުވާފައިވާއިރު އެ ހުރިހާ މައްސަލައެއްވެސް ކޯޓަށް ހުށައެޅި ބައެއް މައްސަލަތަކުގައި އަދަބު ލިބެން ޖެހޭ ފަރާތްތަކަށް އަދަބު ލިބިފައިވާކަމަށްވެސް ދާއޫދު ވިދާޅުވިއެވެ.

އަދި މިދިޔަ އަހަރު ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ މިހާތަނަށް މިފަދަ މަރުގެ އެއްވެސް މައްސަލައެއް ހުށައެޅިފައިނުވާކަމަށްވެސް ދާއޫދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް