ފަހުގެ ޚަބަރު


އިތުރަށް...

މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށްތެދުވެވޭ، ފަހުރުވެރި ދިވެހިން- ސިޔާސަތު ލ. ފޮނަދޫ ކުރިގަމު އަވަށުގައި އިޢުލާނު ކުރާނެ

ލިޔުނީ: Unknown - Thursday, May 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީގެ ސަރުކާރުން ކުރިއަށް އޮތްފަސްއަހަރަށް ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ތެރެއިން "މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށްތެދުވެވޭ، ފަހުރުވެރި ދިވެހިން" ގެ ސިޔާސަތު ތައާރަފް ކުރުން މިމަހުގެ ހަތަރު ވަނަ ދުވަހު ރާއްޖޭގެ 21 ދާއިރާއެއްގައި އެއްފަހަރާ ތައާރަފް ކުރެވޭ އިރު އަތޮޅުފެންވަރުގައި މިކަން ތަޢާރަފްކުރުން އޮންނާނީ ލ. ފޮނަދޫ ކުރިގަމު އަވަށު ސްޓޭޖް ސަރަޙައްދުގައި ކަމަށް އެމްޑީޕީ ފޮނަދޫ ދާއިރާއިން ބުނެފިއެވެ.

މިއަދު ހެނދުނު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާރޕާސަން އިދާރީ އަމުހަދު ސިޔާމް ވިދާޅުވީ މިމަހުގެހަތަރު ވަނަ ދުވަހު މަސައްކަތްތެރިންގެ ސިޔާސަތު ރާއްޖޭގެ 19 އަތޮޅެއްގައާއި 2 ސިޓީގައި އިފްތިތާހު ކުރެވޭއިރު އެމްޑީޕީގެ އެ ސިޔާސަތާ ގުޅުންހުރި ވަރަށް ގިނަ މައުލޫމާތު އެދުވަހު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އެމްޑީޕީ މަސައްކަތްތެރިން ސިޔާސަތު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެއްދުވަހަކު އެއްފަހަރާ ކަހަލަ ގޮތަކަށް އިފްތިތާހު ކުރެވޭނެ ކަމަށާއި އެ ސިޔާސަތު މުޅި ރާއްޖެއަށް ހުޅުވިގެންދާނީ ހަވީރު 4 ޖަހާއިރު ގދ ތިނަދޫގައި އިންތިޒާމްކުރެވިފައިވާ ރަސްމިއްޔާތެއްގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އިފްތިތާހު ކޮށްދެއްވުމާއެކު، އެހެން ހުރިހާ ސަރަހައްދެއްގައި އޭގެ ކުޑަވަގުތުކޮޅެއް ފަހުން އެ ސިޔާސަތު އިފްތިތާހު ކޮށްދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި، ރައީސް ނަޝީދުގެ ސަރުކާރުގެ ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވަޑައިގަންނަވާ އިފްތިފާލު ތަކެއްގައި ކަމަށް އެމްޑީޕީން ބުނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުލް މާޖިދު ވިދާޅުވީ އެމްޑީޕީގެ ހުރިހާ ސިޔާސަތުތަކެއްވެސް ދިރާސާކޮށްފައިވަނީ ތައުލީމީ ގާބިލް ބޭފުޅުންކަމަށާއި އެސިޔާސަތުތައް އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދެވޭނެ އަދި ކުރިއަށް ގެންދާނެ ސިޔާސަތު ތަކެއް ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ މަސައްކަތްތެރިންގެ ސިޔާސަތުގެ ފުރިހަމަ މައުލޫމާތު އެ ސިޔާސަތު އިފްތިތާހު ކުރާ ވަގުތުން ފެށިގެން ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ ކަމަށާއި އޭގެ އިތުރުން އެމްޑީޕީގެ މެނިފެސްޓޯ މުޅިރާއްޖެއަށް އިފްތިތާހު ކުރެވޭވަގުތު އެމްޑީޕީގެ ހުރިހާ ސިޔާސަތެއްގެ ހުރިހަމަ މައުލޫމާތާއި ރައްޔިތުން އެ ސިޔާސަތުތަކަށް ހޭލުންތެރި ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކަކީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް ހަދާ ފައިވާ ސިޔާސަތުތަކެއް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން މީގެ ކުރިން ތައާރަފްކުރި އެޕާޓީގެ ގެސްޓްހައުސް ވިޔަފާރީގެ ސިޔާސަތާއި މެރިކަލްޗަރ ސިޔާސަތު ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި ވަނީ ތައާރަފް ކޮށްފައެވެ. އަދި އެމްޑީޕީން ދަނީ ކެނޑިނޭޅި ރާއްޖޭގެ އެކިއެކި ސަރަހައްދު ތަކުގައި އެޕާޓީގެ ސިޔާސަތުތަކުގެ މައުލޫމާތާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެކިއެކި ވޯކްޝޮޕްތައް ބާއްވަމުންނެވެ. އެގޮތުން ޑޯ ޓު ޑޯ ކެމްޕޭން ކުރަމުންދާއިރު ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގެން ރައްޔިތުންނާ ވަރަށް ގިނައިން ބައްދަލުކޮށް، ރައްޔިތުންގެ އަރިހަށް ޒިޔާރަތްކުރައްވައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް