ފަހުގެ ޚަބަރު


އިތުރަށް...

މާވަށު ދާއިރާ މެންބަރު ހުށައެޅުއްވި އެއާރޕޯޓް ހިމާޔަތްކުރުމުގެ ބިލް މަޖިލީހުން ބޭރުކޮށްލައިފި

ލިޔުނީ: Unknown - Wednesday, April 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މާވަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރު - ފޮޓޯ: މަޖިލިސް
ހުޅުލޭގައި އޮންނަ ދިވެހި ރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރު ހިމާޔަތް ކުރުމަށް މާވަށު ދާއިރާގެ މެމްބަރު އަބުދުލްއަޒީޒު ޖަމާލު އަބޫބަކުރު ހުށަހެޅުއްވި ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ބިލު މަޖިލީހުން ބޭރުކޮށްލާފައިވަނީ 31 މެމްބަރުންގެ ވޯޓާއެކުއެވެ. މި ބިލް ފާސްކުރަން ފެންނަކަމަށް ވޯޓް ދެއްވާފައި ވަނީ 26 މެންބަރުންނެވެ. ވަކި ގޮތަކަށް ނުފެންނަކަށް 1 މެންބަރަކު ވޯޓް ދެއްވިއެވެ. 57 މެންބަރުން ވޯޓް ގައި ބައިވެރިވެލެއްވި މި ބިލް ފާސްވުމަށް 29 ވޯޓް ބޭނުން ވެއެވެ.

މާވަށު ދާއިރާގެ މެމްބަރު އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރު ހުށަހެޅުއްވި "ހުޅުލޭގައި އޮންނަ ބައިނަލް އަގުވާމީ ވައިގެ ބަނދަރު ހިމާޔަތް ކުރުމާއި ބެހޭ ބިލް"ގައި ބުނެފައިވަނީ އެއާރޕޯޓުގެ މުވައްޒަފުންގެ 60 އިންސައްތައަކީ ދިވެހިން ކަމަށްވާން ޖެހޭނެ ކަމަށެވެ.
ވޯޓް ނަތީޖާ ޕީޑީއެފް ޑޮކިއުމެންޓްން ނަގާފައިވާ ސްނިޕް ޝޮޓެއް
އަށް މާއްދާގެ މައްޗަށް އެކުލެވޭ ބިލު ހުށަހެޅުއްވީ ރާއްޖޭގެ މައިދޮރޯށި ކަމަށްވާ އިބްރާހީމު ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓު ބޭރުގެ ބައެއްގެ ކޮންޓްރޯލުގެ ދަށަށް ހިގައްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށާއި އަމާން ކަމާއި މިނިވަން ކަމަށް ބުރޫ އަރާފާނެ ކަމަށް ފެންނާތީ މާޒީގެ ތަޖުރިބާއަށް ބަލާ އިރު އެއީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް ދެކި ކަމަށް ވިދާޅުވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް