ފަހުގެ ޚަބަރު


އިތުރަށް...

އިސްދޫ ކަލައިދޫ ސްކޫލް ހުޅުވައިފި

ލިޔުނީ: Unknown - Wednesday, April 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. އިސްދޫ ކަލައިދޫ ސްކޫލްގެ ތަޅުތަކަށް "ދަނގަނޑު ތެރަސް" އަޅާފައި ހުރުމުން މިއަދުގެ ކިޔެވުން ކެންސަލް ކޮށްފައި ވީނަމަވެސް، މިހާރު ސްކޫލް ހުޅުވާފައިވާ ކަމަށް އެރަށުން ބުނެފިއެވެ.
މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އިސްދޫ ކަލައިދޫ ސްކޫލްގެ ޕްރިންސިޕަލް ހުސައިން ޝަރީފް ވިދާޅުވީ ތަޅުތަކަށް ތެރަސް އަޅާފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު ސުކޫލް ހުޅުވަން އައުމުން ކަމަށެވެ. އެގޮތުން ތަޅުތައް ނުހުޅުވިގެން ކިޔެވުން ނުފެށިގެން، މިއަދުގެ ކިޔެވުން ކެންސަލް ކުރި ކަމަށެވެ.

"ކިޔެވުން ކެންސަލް ކުރި ނަމަވެސް މިހާރު ސްކޫލް ހުޅުވައިފިން. އިދާރީ އޮފީހުގެ ތަޅުތަކަށްވެސް ދަނގަނޑު ތެރަސް އަޅާފައި ހުރި. ސްކޫލް ހުޅުވި ނަމަވެސް މިއަދުގެ ކިޔެވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު،" ޝަރީފް ވިދާޅުވިއެވެ.

ފަހަކަށް އައިސް ބެލެނިވެރިން ނިކުމެ ރަށްރަށުގެ ސްކޫލްތައް ބަންދު ކުރުން އަންނަނީ އާންމުވަމުންނެވެ. އެގޮތުން މިއަހަރުގެ ކިޔެވުން ފެށުނު ފަހުންވެސް ގިނަ އަދަދަކަށް ސްކޫލްތައް ވަނީ، ބެލެނިވެރިން ނިކުމެ ބަންދުކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް