ފަހުގެ ޚަބަރު


އިތުރަށް...

ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން ލ. ގަމުގައި ބާއްވަނީ

ލިޔުނީ: Unknown - Thursday, April 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު، ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި ލ.އަތޮޅު ގަމުގައި އިފްތިތާޙް ކޮށްދެއްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
 
6 އޭޕްރީލް 2013 ވާ ހޮނިހިރު ދުވަހު ހަވީރު 4 ޖަހާއިރު ގަމުގައި މި ރަސްމިޔާތު ބާއްވާ ވަގުތު ރާއްޖޭގެ އެހެން 20 ސަރަހައްދެއްގައި، އެކު އެކީހެން މި ސިޔާސަތު އިފްތިތާޙް ކުރުމުގެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށް އެ ޕާޓީން ބުނެއެވެ. މި 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ ރައީސް ނަޝީދުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ލީޑަރޝީޕުގެ ބޭފުުޅުންނެވެ.

ގަމުގައި ބާއްވާ މި ޙަފްލާއަށް ލ.އަތޮޅުގެ ރައްޔިތުންނާއި ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ކުރައްވާ އެންމެހާ ފަރާތްތަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ދަޢުވަތު އަރުވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް