ފަހުގެ ޚަބަރު


އިތުރަށް...

ހާލުދެރަ ކުޑަކުއްޖަކު ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފި

ލިޔުނީ: Unknown - Thursday, April 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި އޮތް ހާލުދެރަ ކުޑަކުއްޖަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު މާލެ ގެންގޮސްފިއެވެ.

މިއަދު ހެނދުނު "ކުރަނގި" ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފައިވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި އޮތް އުމުރުން ދެ އަހަރުގެ އަންހެންކުއްޖެކެވެ. މިކުއްޖާ މާލެގެނެސްފައިވަނީ، ކުއްޖާގެ ހާލު ދެރަވެގެން އަވަސް ފަރުވާ ދިނުމަށް އިމަޖެންސީކޮށް މާލެ ގެނެސްދިނުމަށް އެދި ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމަށް އެދުމުން ކަމަށް އެ އޭރިއާއިން މައުލޫމާތު ދެއްވައެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 10:00 ހާއިރު، މިކުއްޖާ މާލެ ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފް އެއަރވިންގއާއި ސެންޓްރަލް އޭރިއާ އަދި މާލޭ އޭރިއާ ގުޅިގެން ކަމަށް ސެންޓްރަލް އޭރިއާއިން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިކުއްޖާ މިހާރުވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވި ފަރުވާދޭން ފަށާފައެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް