ފަހުގެ ޚަބަރު


އިތުރަށް...

ސައުތު ސެންޓްރަލް ޑިވިޜަންގައި އޮސްޓް ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފި

ލިޔުނީ: Unknown - Thursday, April 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ ފުލުހުންގެ ފަންނީ ޢިލްމާއި ހުނަރު އިތުރުކުރުމުގެ ގޮތުން އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯއެންފޯސްމެންޓް ސްޓަޑީޒްގެ ފަރާތުން ހިންގަމުން އަންނަ އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް ޓްރޭނިން ރިފްރެޝަރ ޕްރޮގްރާމް ސައުތު ސެންޓްރަލް ޑިވިޜަންގައި 2013 އޭޕްރިލް 01 ގައި ފެށިގެން ކުރިއަށް އެބަދެއެވެ.
 
އިންސްޓިޓިޓް ފޯ ސެކިއުރިޓީ އެންޑް ލޯއެންފޯސްމެންޓް ސްޓަޑީޒްގެ ފެކަލްޓީ އޮފް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒްގެ ސީދާ ބެލުމުގެ ދަށުން ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ދަނީ ލ. ގަމުގައި ކަމަށް ފޮލިސް މީޑިއާއިން މަޢުލޫމާތު ދެއެވެ..

މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންނަށް ހިންގޭ މި ތަމްރީނު ޕްރޮގްރާމުގައި މުޠާލިޔާ ކުރެވޭ މުޙިއްމު ބައިތަކުގެ ތެރޭގައި ބިޑި މުގުރު ބޭނުންކުރުމާބެހޭ ޤާނޫނާއި ޤަވާއިދުތަކާއި އަދި ފުލުހުން ބޭނުންކުރާ ހަތިޔާރު ބޭނުންކުރުމާއި ގެންގުޅުމާއި ގުޅޭ ގޮތުން ހެދިފައި ހުރި ޤާނޫނުތަކާއި ޤަވާއިދުތަކާއި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި އެތިކްސް ފަދަ މާއްދަތައް ހިމެނެއެވެ. މީގެ އިތުރުން ޢަމަލީ ތަޖުރިބާ ހޯދުމަށް ޕްރެކްޓިކަލް ސެޝަންތައްވެސް ކުރިއަށް ގެންދެވޭނެކަމަށް ފުލުހުން ބުނެއެވެ..

މި ތަމްރީނު ޕްރޮގްރާމުގައި ސައުތު ސެންޓްރަލް ޑިވިޜަންގައި މަސައްކަތްކުރާ 28 ފުލުހަކު ބައިވެރިވެފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް