ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ހެޓްރިކް ޓްރޭޑަރސް ރޭގެ ވަގުތެއްގައި ފަޅާލައިފި

ލިޔުނީ: Unknown - Thursday, April 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހެޓްރިކް ޓްރޭޑަރސް ލ. ފޮނަދޫ
ލ. ފޮނަދޫ ހެޓްރިކް ޓްރޭޑަރސް ފަޅާލައި އެތަނުން 12000 ވަރަކަށް ރުފިޔާގެ މުދާ ވަގަށް ނަގައިފިއެވެ. މިތަން ފަޅާލާފައި ވަނީ ރޭގެ ވަގުތެއް ކަމަށް ބެލެވޭ ކަމަށް އެ ފިހާރައިން މަޢުލޫމާތު ދެއެވެ.

ހެޓްރިކް ފިހާރައަށް ވަދެފައިވަނީ ފިހާރައިގެ ދޮރުގެ ތަޅާއި ދިމާއަށް އެއްޗެއް ލައްވައި ތަޅު ހަލާކު ކޮށްލައިގެން ކަމަށް އެ ފިހާރައިގެ ވެރިމީހާ މުޙައްމަދު ރަޝީދު ބުންޏެވެ. އަދި އެ ފިހާރައިން ވަގަށް ގެންގޮސްފައިވަނީ ސިގިރޭޓާއި ރެޑްބުލް އެނާޖީ ޑްރިންކާއި މެގަނަމް ކަމަށް ވެސް ބުންޏެވެ.
"އަޅުގަނޑުމެން ފިހާރައިގަ ފައިސާއެއް ނުބަހައްޓަން. ދެން ނަގާފަ ހުރީ މި ދެންނެވި ތަކެތި. ސިގިރޭޓްވެސް ނަގާފައިހުރީ ކެމަލް ލައިޓް، މަލްބަރޯ ފޮށިތައް ހުރި." ފޯނުން މަޢުލޫމާތު ދެމުން މުޙައްމަދު ބުންޏެވެ.

އެލްއޭ ނިއުސް އަށް މަޢުލޫމާތު ލިބިފައި ވާގޮތުން ފިހާރަ ފަޅާލާފައި ހުރިކަން އެނގުނީ މިއަދު ހެނދުނު 9 ޖަހާކަން ހާއިރު ފިހާރަ ހުޅުވަން ދިޔަވަގުތުއެވެެ. އަދި ވަގުތުން ފުލުހުންނަށް ގުޅިކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ފުލުހުންގެ ޓީމަކުން ފިހާރައަށް ގޮސް ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދަން ފެށީ 11 ޖަހާ ކަންހާއިރު އެވެ.

މިމަހުގެ ކުރީކޮޅު ލ. ގަމު މުކުރިމަގުގައި ހުންނަ 'ވަން ބައި ވަން' ފިހާރަ ފަޅާލައި އެތަނުން ލައްކައެއްހައި ރުފިޔާގެ މުދާ ވަގަށް ނަގާފައި ވާކަމަށް އެލްއޭ ނިއުސް އަށް މަޢުލޫމާތު ލިބިފައިވެ އެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް