ފަހުގެ ޚަބަރު


އިތުރަށް...

ކޯލިޝަން ބައިވެރިންގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭކަމަށް ފޮނަދޫ ދާއިރާގެ މެންބަރު ބުނެފި

ލިޔުނީ: Unknown - Thursday, April 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކޯލިޝަން ބައިވެރިންގެ އިޚްލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު ކަން ކުރައްވާ ފޮނަދޫ ދާއިރާގެ މެންބަރު ބުނެފިއެވެ.

ޕީޕީއެމްގެ އޮފީހުގައި އިއްޔެބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު އަބުދުއްރަހީމު އަބުދުﷲ ވިދާޅުވީ ހިޔާލު ތަފާތުވި ނަމަވެސް ސަރުކާރު ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެޕާޓީން ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި މިނިވަން ސަރުކާރަށް ތާއިދު ކުރާ ބައެއް މިނިވަން މެމްބަރުންނާއި މެދު ސުވާލު އުފެދޭ ކަމަށް އަބުދުއްރަހީމު ވިދާޅުވިއެވެ. އެގޮތުން ހުޅުމާލޭ ކޯޓު އުވާލުމަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ޕީޕީއެމުން ދެކޮޅު ހެދި އިރު، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބުރާހީމު މުއްތަލިބާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު ޒުބައިރު ވޯޓު ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޯޓާއި ޖެހެންދެން އުޅުއްވުމަށްފަހު ޖޭޕީގެ ލީޑަރު ގާސިމު އިބުރާހީމު ވެސް ވަޑައިގެންނެވީ ކަމަށާއި އިލްހާމު ވަޑައިނުގަންނަވާ އިރު އެޕާޓީއަށް ނިސްބަތްވާ އަބުދުﷲ އަބުދުއްރަހީމު އެބިލަށް ވޯޓު ދެއްވި ކަމަށް އަބުދުއްރަހީމު ވިދާޅުވިއެވެ.

އަބުދުއްރަހީމު ވިދާޅުވީ އާޓިފިޝަލް ބީޗަށް ވަޑައިގެން ޖުޑިޝަރީއާއި ނުބެހުމަށާއި އެމްޑީޕީއާއި ނުގުޅުމަށް ގޮޥަލައްވަމުން ބައެއް ބޭފުޅުން ގެންދަވާ އިރު މުއްތަލިބު މިއަދު ބަލައިގަތުމަށް ވޯޓު ދެއްވި އިސްލާހަކީ ސްޕްރީމު ކޯޓުގެ ނިންމުމަކާއި ސީދާ ހިލާފު އިސްލާހެއް ކަމަށެވެ. އަދި މިއަދު ބަލައިގަތް އިސްލާހުގެ ސަބަބުން ރައީސް ނަޝިދުގެ މައްޗަށް ކުރާ ޝަރީއަތް އިތުރަށް ލަސްވެގެން ދާނެ ކަމަށް ވެސް އަބުދުއްރަހީމު ވިދާޅުވިއެވެ.

އަދި އެވޯޓަކީ އެއީ އޮޅިގެން ލެވުނު ވޯޓެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަބުދުއްރަހީމު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝިދު ހުށަހެޅުއްވި އިސްލާހު ބަލައިގެންފައިވަނީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. ބަލައިގަތުމަށް 32 މެމްބަރުން ވޯޓު ދެއްވި އިރު ބަލައި ނުގަތުމަށް 31 މެމްބަރަކު ވޯތު ދެއްވިއެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް