ފަހުގެ ޚަބަރު


އިތުރަށް...

ޕީޕީއެމާއި ސިޔާސީ އިސްފަރާތަކުން ގުޅެނީ

ލިޔުނީ: Unknown - Thursday, April 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަންނަ މޭމަހުގެ 3 ވަނަ ދުވަހު ޕީޕީއެމުން މާލޭގައި ބާއްވާ ޚާއްޞަ ރެލީގައި ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅަކު އެޕާޓިއާއި ގުޅިވަޑައިގަންނަވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމްގެ އޮފީހުގައި އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމު އަބުދުﷲ ވިދާޅުވީ އެޕާޓީގެ ރިޔާސީ ކެމްޕޭން ކުރިއަށް ގެންދިއުމަށާއި މެމްބަރުން އިތުރު ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހަފްތާގެ ތެރޭގައި ކެމްޕޭން ޓީމުތައް ރާއްޖޭގެ އަށް އަތޮޅަކަށް ފުރާނެ ކަމަށެވެ.

މީގެ އިތުރުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެޕާޓީގެ ޚާއްޞަ ޖަލްސާއެއް ބާއްވާނެ ކަމަށާއި އެޖަލްސާގައި ސިޔާސީ ގޮތުން އިސްބޭފުޅަކު އެޕާޓީއާއި ގުޅިވަޑައިގަންނަވާނެ ކަމަށް އަބުދުއްރަހީމު ވިދާޅުވިއެވެ.

އަބުދުއްރަހީމު ވިދާޅުވީ އެޖަލްސާގައި ސިޔާސީ ބޭފުޅުންތަކެއް ގުޅިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން މިވަގުތު ދެވެން ނެތް ނަމަވެސް ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅަކު ގުޅިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމުން އަންނަ މަހުގެ ތިންވަނަ ދުވަހު ރެލީއެއް ބޭއްވުމަށް ނިންމާފައިވާ އިރު، ގައުމީ ހަރަކާތުން ވެސްވަނީ އެދުވަހު އެއްވުމެއް ބޭއްވުމަށް ނިންމާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް