ފަހުގެ ޚަބަރު


އިތުރަށް...

ލ. ގަމު ދިރާގު ސްޓޭޝަން މެނޭޖަރުގެ ސައިކަލްގައި ރޯކޮށްލައި އަންދާލައިފި

ލިޔުނީ: Unknown - Wednesday, April 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމު ދިރާގު ސްޓޭޝަން މެނޭޖަރުގެ ސައިކަލްގައި މި އިޝާ ނަމާދު ވަގުތާއި ދިމާކޮށް ރޯކޮށްލައި އަންދާލައިފި އެވެ.

މަތިމަރަދޫ އަވަށު ގެއެއްގެ ކައިރީގައި ޕާކް ކޮށްފައި ހުރި ވޭވް ސައިކަލްގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ވާކަމަށް ގަމުގައި ހުރި އެލްއޭ ނިއުސް ރިޕޯޓަރު  މަޢުލޫމާތު ދެއެވެ.

"މަތިމަރަދޫ ތެރެއިން އިޝާ ނަމާދު ވަގުތާއި ދިމާކޮށް ރޯކޮށްލާފަވަނީ. ދިރާގު ކައިރީ ގައި ހުންނަ އެތަނުގެ ވަޒީފާގައި އުޅޭ ނިޔާޒުގެ ގޭގެ ކައިރީގަ ހުއްޓާ ރޯކޮށްލާފަ ވަނީ." އެލްއޭ ނިއުސް ރިޕޯޓަރު މަޢުލޫމާތު ދިނެވެ.

އަލިފާން ނިއްވާލައިފައި ވަނީ ފުލުހުންނާއި ޢާއްމުންގެ ބަޔަކާއި އެކުގައި ކަމަށާއި ނިއްވާލެވުނު އިރު އެ ސައިކަލް އެއްކޮށް އަނދާ ހުލިވެފައި ވާކަމަށް އެލްއޭ ނިއުސް ރިޕޯޓަރު މަޢުލޫމާތު ދެއެވެ. މަޢުލޫމާތު ލިބިފައި ވާގޮތުން ފުލުހުން އެތަނަށް ގޮސް އެމީހުންގެ ވެހިކަލްގައި ހުރި އަލިފާން ނިވާފުޅިން އަލިފާން ނިއްވާލުމަށް މަސައްކަތް ފެށިކަމަށާއި ނަމަވެސް އެ ފުޅި ހުސްވެފައި ހުރުމުން އަލިފާން ނިއްވާލުމަށް ބޮޑަށް މަސައްކަތް ކޮށްފައިވަނީ އެ ހިސާބަށް އެއްވި ޢާއްމުންގެ ބައެކެވެ.




މަޢުލޫމާތު ލިބިފައި ވާގޮތުން މީގެ ކުރިންވެސް ވަނީ ގަމުގައި ހުންނަ ދިރާގު މެނޭޖަރުގެ ސައިކަލެއްގައި ރޯކޮށްލާފައެވެ.

ރޯކޮށްލި ސައިކަލުގެ ވެރި ފަރާތްކަމަށްވާ ޞާދިޤުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. އަދި ފުލުހުންގެ ބަހެއްވެސް ލިބިފައެއް ނުވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް