ފަހުގެ ޚަބަރު


އިތުރަށް...

ބުރަފަތީގައިޖެހި ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސްވެ އެމަޖެންސީގައި ލަންކާއަށް ގެންދަނީ

ލިޔުނީ: Unknown - Wednesday, April 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދޯންޏެއްގެ ބުރަފަތީގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ދ މީދޫ ޒުވާނަކު އެމަޖެންސީގައި މިރޭ ސްރީ ލަންކާއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އެބަގެންދެއެވެ.

އަނިޔާތަކެއް ލިބިފައިވަނީ ދ މީދޫ ކުދިމާގޭ އުމުރުން 18 އަހަރުގެ ނައުފް އާދަމް އަށެވެ.

މީދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ނައުފަލްއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ލ ގަމު ރީޖަނަލް ހޮސް ޕިޓަލަށް ކަމުގައެވެ. ނަމަވެސް އެތަނުން ފަރުވާދެވެން ނެތުމުން އެމަޖެންސީގައި އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސް މިހާރު އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ނައުފް އަށް ފަރުވާ ދެމުން ގެންދާކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސްކަމަށްވެސް މީދޫ ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

"ސީރިއަސްވީމަ ނޫންތޯ އެމަޖެންސީގައި ހެލިކޮޕްޓަރުގައި މާލެ ގެންގޮސްމިހާރު އައިސީޔޫގައި ފަރުވާދެމުން ގެންދަނީ. މިރޭ ދޭއްޖަހާއިރު އޮންނަ ފްލައިޓަކުން ލަންކާއަށް ގެންދިއުމަށް މިހާރުވަނީ ހަމަޖެހިފައި" މީދޫ ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

އެމްއެންޑީއެފުންބުނީ ނައުފް އިބްރާހީމް، މާލެ ގެނެސްފައިވަނީ މީދޫ ގައި ދުއްވާ '' މަޝްހޫރު'' ނަމަކަށްކިޔާ ދޯނީގައި މިއަދު ހެނދުނު މަހަށްގޮސް އުޅުމުގެ ތެރޭގައި އިންޖީނުގެ ބުރަފަތީގައި ކަންވާރު އޮޅިގެން ނައްޓަން މޫދަށް ފައިބާ އުޅެނިކޮށް ދޯނި ފަހަތަށް ޖަހުމުގެ ތެރޭގައި ބުރަފަތިންޖެހި ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހާލު ދެރަވެގެން ކަމުގައެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގީ ލ. އަތޮޅު ސަރަހައްދާ ކައިރީގައި ކަމުން ލ. އަތޮޅު ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، އެ ހޮސްޕިޓަލްގެ ލަފާގެ މަތިން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަށެވެ. އޭނާ މާލެ ގެނައީ އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގަ އެވެ.

ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ހަށިގަނޑުގެ ގިނަ ތަންތަނެއް ކަފައިގެން ގޮސްފައިވާ ނައުފަށް ފަރުވާ ދޭން ޖެހޭ ވަރަށް އައިޖީއެމްއެޗުން ފަރުވާ ނުލިބޭ ކަމަށާއި އިތުރު ފަރުވާއަށް މިރޭ ލަންކާއަށް ފުރާނެ ކަމަށް އާއިލާއިން ބުންޏެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް