ފަހުގެ ޚަބަރު


އިތުރަށް...

ދޯންޏެއްގެ ބުރަފަތީގައި ޖެހި ސީރިއަސް ޒަޚަމްތަކެއް ވެފައިވާ ޒުވާނަކު ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފި

ލިޔުނީ: Unknown - Tuesday, April 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދޯންޏެއްގެ ބުރަފަތީގައި ޖެހި ސީރިއަސް ޒަޚަމްތަކެއް ވެފައިވާ ހާލުދެރަ ޒުވާނެއް ސިފައިންގެ ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެންގޮސްދީފިއެވެ.

މިއަދު ހަވީރު މާލެ ގެންދިޔަ ބަލިމީހާ ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންގެ އެއަރވިންގާއި ސެންޓްރަލް އޭރިއާ އަދި މާލޭ އޭރިއާ ގުޅިގެންނެވެ.

ދ. މީދޫ، ކުދިމާގެ އުމުރުން 18 އަހަރުގެ ނައުފް އިބްރާހީމް، މާލެ ގެނެސްފައިވަނީ މީދޫ ގައި ދުއްވާ '' މަޝްހޫރު'' ނަމަކަށްކިޔާ ދޯނީގައި މިއަދު ހެނދުނު މަހަށްގޮސް އުޅުމުގެ ތެރޭގައި އިންޖީނުގެ ބުރަފަތީގައި ކަންވާރު އޮޅިގެން ނައްޓަން މޫދަށް ފައިބާ އުޅެނިކޮށް ދޯނި ފަހަތަށް ޖަހުމުގެ ތެރޭގައި ބުރަފަތިންޖެހި ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހާލު ދެރަވެ، އަވަސް ފަރުވާ ދިނުމަށް އިމަޖެންސީކޮށް މާލެ ގެންދިއުމަށް ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން ލަފާދެއްވުމާއި ގުޅިގެން ލ. އަތޮޅު ކައުންސިލުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމަށް އެދުމުންނެވެ.

މިއަދު ހަވީރު 18:00 ހާއިރު ނައުފް އިބްރާހީމް މާލެ ގެންދިއުމަށްފަހު މިހާރު ވަނީ އެމްއެންޑީއެފްގެެ ބެލުމުގެ ދަށުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭންފަށާފައެވެ.

 އުމުރުން 18 އަހަރުގެ ޒުވާނާ މާލެ ގެންދިޔައިރު އޭނާގެ އެއްވެސް އެހީތެރިއެއް ގެންގޮސްފައެއް ނުވެއެވެ. އަދި އޭނާގެ ޢާއިލާ މީހުންކައިރީ ބުނެފައިވަނީ ހެލިކޮޕްޓަރުގައި ޖާގަ ނެތުމުން ގެންގޮސްދެވެން ނެތީކަމަށް މަޢުލޫމާތު ލިބެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް