ފަހުގެ ޚަބަރު


އިތުރަށް...

އަމިއްލަ ފަރާތަކުން މާމެންދޫ ސްކޫލްގައި އިމާރާތްކުރާ މިސްކިތެއްގެ ބިންގާ އަޅައިފި

ލިޔުނީ: Unknown - Tuesday, April 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަމިއްލަ ފަރާތަކުން މާމެންދޫ ސްކޫލްގައި އިމާރާތްކުރާ މިސްކިތެއްގެ ބިންގާ މިއަދު މެންދުރުގެ ވަގުތެއްގައި އަޅާފައި ވާކަމަށް މާމެންދޫ ސްކޫލުން މަޢުލޫމާތު ދީފިއެވެ.

މާމެންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ނަދީމް ވިދާޅުވީ އެ ސްކޫލްގައި މިއަދު ބިންގާއެޅިގެންދިޔަ މިސްކިތަކީ އަމިއްލަ ފަރާތެއް ކަމުގައިވާ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) އަޅުއްވައިދެއްވާ މިސްކިތެއް ކަމަށެވެ. އަދި މި މިސްކިތަކީ ސްކޫލްތަކުގައި މިސްކިތް އެޅުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް އަޅާ މިސްކިތެއް ކަަމަށްވެސް ނަދީމް މަޢުލޫމާތު ދެއްވިއެވެ.

"ޒާހިރު ކޮށްދެއްވާ މަސައްކަތް މިކުރަނީ ހަމަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުއްދަ ލިބިގެން. މީގަ ޒާހިރުގެ މަޤުޞަދަކީ ސްކޫލްގެ ދަރިވަރުންނަށް މި ވަށާޖެހޭ ތަޢުލީމެއްގަ ދަރިވަރުންގެ ރޫޙާނީ ބައި ތަރައްޤީ ކުރުމަށްޓަކައި ސްކޫލްގެ ތެރެއިން ނަމާދު ކުރުމާ ޤުރުއާން ކިޔެވުމާ އަދިވެސް ދީނީ އެކިއެކި މަޢުލޫމާތު ލިބޭކަހަލަ މި ނަމާދުކުރާ ކޮޓަރި ނޫނީ ޕްރެޔަރ ރޫމުން ލިބިގެން ދިއުން."

ނަދީމް އިތުރަށް ވިދާޅުވީ ޒާހިރު ހަމައެކަނި މާމެންދޫ ސްކޫލްގައި މިސްކިތެއް އަޅުއްވައިދެއްވަވަނީ ނޫންކަމަށާއި އޭގެ އިތުރުން މިސްކިތަށް ފޮތް ހަދިޔާކުރުމާއި ދީނީ އެކިއެކި މަޢުލޫމާތު ލިބޭފަދަ ތަކެތި ހަދިޔާ ކުރެއްވުމަށްވެސް ނިންމަވާފައިވާ ކަމަށެވެ. އަދި ސްކޫލް ބޯޑާއި ޕީޓީއޭ އާއި ބެލެނިވެރިނާއި ދަރިވަރުންނާއި މުވައްޒަފުން މިކަން ވަރަށް ބޮޑަށް ބަލައިގެންފައި ވާކަމަށްވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މުޙައްމަދު ޒާހިރަށް ގުޅާލުމުން ވިދާޅުވީ މިއީ އަމިއްލަ ހައިސިއްޔަތުން މާމެންދޫ ސްކޫލްގެ ދަރިވަރުންނަށް ނަމާދުކުރުމާއި ދީނީ ތަރުބިއްޔަތު ދިނުމުގައި އެހީތެރިވެދިނުމުގެ މާތް މަޤުޞަދުގައި ކޮށްދެއްވާ ކަމެއް ކަމުގައެވެ.

ދިގުމިނުގައި 30 ފޫޓް އަދި ފުޅާމިނުގައި 16 ފޫޓް ހުންނަ މި މިސްކިތުގެ ބިންގާ އެޅުމުގެ އިތުރުން މިސްކިތް އިމާރާތްކުރާ ފަރާތާއި އެކު ކޮންޓްރެކްގައިވެސް ސޮއިކޮށްފައިވެ އެވެ. މި މިސްކިތުގެ ނުވަތަ ޕްރެޔަރ ރޫމްގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން ނިންމަން ޖެހޭނެ ކަމަށް އެގްރީމެންޓްގައި ބުނެފައި ވާނެ ކަމަށް ނަދީމް މަޢުލޫމާތު ދެއްވައެވެ.

"މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފަ އިން ޑިޒައިނަށް އެއަށްވުރެ ފެންވަރު ދަށްނުވާނެހެން މުޙައްމަދު ޒާހިރުގެ އަމިއްލަ ޚަރަދުގަ، އަމިއްލަ ޚަރަދުގަ ކޮށްދޭ މަސައްކަތެއް މި މަސައްކަތަކީ. އެހެންވީމަ ސްކޫލުން ވަރަށް ބޮޑަށް ޒާހިރުއާއި ސަރުކާރަށް، ޚާއްޞަކޮށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް މި ފުރުޞަތުގަ ވަރަށް ބޮޑަށް ޝުކުރު ދަންނަވާލަން ބޭނުންވޭ." މިސްކިތުގެ ފެންވަރާއި ސްކޫލުން މިކަން ބަލައިގަތްފައިވާ މިންވަރު ހާމަކުރަމުން ނަދީމް ވިދާޅުވިއެވެ.

މާމެންދޫ ސްކޫލްގައި މިސްކިތެއް އަޅުއްވައިދެއްވާ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) އަކީ އެމްޑީޕީ ފޮނަދޫ ދާއިރާގެ ރައީސްކަމަށް އިންތިޚާބްވި ފަހުން މާމެންދޫ، ގާދޫ އަދި ފޮނަދުއަށް ވަރަށް ގިނަގިނައިން ޒިޔާރަތް ކުރައްވައި އެ ރަށްރަށުގެ ޙާލަތު ވަރަށް ގާތުން ބައްްލަވަމުންގެންދަވާ ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް