ފަހުގެ ޚަބަރު


އިތުރަށް...

700 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ ޑީއާރުޕީގެ ކޮންގްރެސް މިއަދު ފަށައިފި

ލިޔުނީ: Unknown - Tuesday, April 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ޑީއާރްޕީގެ ކޮންގްރެސް މިއަދު ވަނީ ފަށައިފައި - ފޮޓޯ: އަލީ ޔޫސުފް
ރާއްޖޭގެ އެކި ކަންކޮޅުތަކުން 700 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ ޑީއާރުޕީގެ ކޮންގްރެސް މިއަދު ފަށައިގެން ކުރިއަށް އެބަދެއެވެ.

  ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ކޮންގްރެސް މިއަދު މެންދުރު ފައްޓަވައިދެއްވީ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އަހުމަދު ތަސްމީން އަލީ އެވެ. ދަރުބާރުގޭގައި ކުރިއަށްދާ ކޮންގްރެސް ހުޅުވައިދެއްވުމަށް ފަހު ތަސްމީން ވަނީ ގައުމީ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާފައިވާ ރައީސް އާއި ދެ ނައިބު ރައީސުންގެ ނަން އިއުލާންކޮށްފަ އެވެ. އަދި އެއްވެސް ފަރާތެއްގެ އިއުތިރާޒެއް ނެތް ކަމަށް ބައްލަވައި އެ ތިން ބޭފުޅުންނާ ރިޔާސަތު ވަނީ ހަވާލުކުރައްވައިފަ އެވެ. ގައުމީ ޖަލްސާގެ ރައީސަކަށް ކަނޑައެޅުއްވީ ޑރ. އިބްރާހީމް ހަސަން އެވެ. ނައިބު ރައީސުންނަށް ކަނޑައަޅާފައި ވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދާއި މިޒްނާ ޝަރީފެވެ.

ކޮންގްރެސްގައި މިއަދު ކުރިއަށްދާނީ ޑީއާރުޕީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު މަޝްވަރާކުރުމަށް ފަހު އެ އިސްލާހުތަކަށް ވޯޓަށް އެހުމެވެ. ހުށަހަޅާފައިވާ މައިގަނޑު އިސްލާހުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް އިސްލާހަކީ އެ ޕާޓީގެ ޒައީމުގެ މަގާމު އުވާލުމެވެ. އެ ޕާޓީގެ ޒައީމުގެ މަގާމުގައި ކުރިން ހުންނެވީ ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

ކޮންގްރެސްގެ ބައިވެރިންނަށް ލީޑަރު ތަސްމީން ދެއްވާ ހާއްސަ ފަރިއްކޮޅެއް މިރޭ ގިޔާސުއްދީން ސްކޫލުގައި އޮންނާނެ އެވެ. މަގާމުތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ މާދަމާ އެވެ. ހުސްވެފައިވާ ތިން ނައިބު ލީޑަރުންގެ މަގާމަށް ފަސް ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އެއީ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ވިލިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒް، އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު، އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ ލީޑަރު އަލީ ސޯލިހެވެ.

އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 21،000 އަށް ވުރެ ގިނަ މީހުން ތިބި ޑީއާރުޕީގެ ކޮންގްރެސް ނިންމުން އޮންނަނީ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގަ އެވެ. 

ޚަބަރު މަސްދަރު: ހަވީރު އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް