ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫގައި އުފެއްދިއެވިޑް ޓްރެއިނިން ސެންޓަރުގެ ކިޔެވުން ރޭ ފަށައިފި

ލިޔުނީ: Unknown - Tuesday, April 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފޮނަދޫ އެވިޑް ކެމްޕަސް - ފޮޓޯ: އެލްއޭ ނިއުސް
އެވިޑް ޓްރެއިނިން ސެންޓަރުގެ ކެމްޕަސް ފޮނަދޫގައި ޤާއިމުކޮށް އެތަނުން ހިންގާ ފުރަތަމަ ކޯހުގެ ކިޔެވުން ރޭ ފަށައިފިއެވެ. އެތަނުން ފަށާފައިވަނީ ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯސް ކަމަށް އެވިޑް އިން މަޢުލޫމާތު ދީފައި ވެއެވެެ.
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގައި ރެޖިސްޓްރީ ކޮށް 2005 ން ފެށިގެން ހިންގަމުން އަންނަ އެވިޑް ޓްރެއިނިންގ ސެންޓަރުން ތަފާތު ކޯސްތައް ހިންގަމުން ގެންދެއެވެ. މީގެ ކުރިން އެ ސެންޓަރުން ފޮނަދޫގައިވެސް ވަނީ މެނޭޖްމެންޓް ކޯހެއް ހިންގާފައެވެ.

މިފަހަރު އެވިޑް އިން ހިންގާ 1 އަހަރު ދުވަހުގެ މިކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ކޯހެކެވެ.

އެވިޑްން ފެށި ކޯހަށް ބޮޑު ތަރުޙީބެއް ލިބިފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް