ފަހުގެ ޚަބަރު


އިތުރަށް...

ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކޮށް ކުރިއެރުވުމުގެ އެމްޑީޕީ ޤައުމީ ސިޔާސަތު ލ. އަތޮޅުގައި އިފްތިތާޙް ކުރުން މާމެންދޫގައި

ލިޔުނީ: Unknown - Thursday, April 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީ ސަރުކާރެއްގައި ރާއްޖޭގައި މެރިކަލްޗަރ ވިޔާފާރި ތަރައްޤީކޮށް ކުރިއެރުވުމުގެ ޤައުމީ ސިޔާސަތުގެ “މިނީ މެނިފެސްޓޯ” ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުން މިއަންނަ ހޮނިހިރު ދުވަހު ނ. ކެނދިކުޅުދޫގައި އޮންނަވަގުތު އެމްޑީޕީން ލ. އަތޮޅަށް ވަޑައިގަންނަވާ ޓީމުން މި ސިޔާސަތު ލ. މާމެންދޫގައި އިފްތިތާޙް ކުރުން އޮންނާނެ ކަމަށް ފޮނަދޫ ދާއިރާ ރައީސް މަޢުލޫމާތު ދެއްވައިފިއެވެ.

 އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވީ ނ. ކެނދިކުޅޫދޫގައި އެމްޑީޕީގެ މެރިކަލްޗަރ ސިޔާސަތު ހާމަކޮށްދެއްވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާ މަޢުލޫމާތު ދެއްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ މަސްވެރިކަމުގެ ސިޔާސަތު މައިގަނޑުގޮތެއްގައި ތަރައްގީ ކުރެވޭއިރު، ފަންނީ އަދި ޒަމާނީ ކުރިއެރުންތައް މިރާއްޖެއަށް ތަޢާރަފް ކުރުމުގެ މުހިންމުކަން އެމްޑީޕީން ދެކޭ ކަމަށާއި މެރިކަލްޗަރގެ ސަބަބުން އާމްދަނީ ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން އިދާރީ ނައިބް އަލީ ޝިޔާމް ވިދާޅުވީ މެރިކަލްޗަރ ސިޔާސަތު ނ. ކެނދިކުޅުދޫގައި ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވުމާއި އެކު ރާއްޖޭގެ އެހެން ވިހި ސަރަހައްދެއްގައި އެއްފަހަރާ މި ސިޔާސަތު ހާމަކޮށްދިނުމުގެ ހަރަކާތްތަކެއް އެމްޑީޕީގެ އިސްވެރިން ބައިވެރިވެ ވަޑައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ކެނދިކުޅުދޫގައި ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ކުރިއަށް ދާނެކަމަށާއި އެމަސައްކަތު ބައްދަލުވުމުން ލިބޭ މައުލޫމާތުތައް އެމްޑީޕީ މެރިކަލްޗަރގެ ޤައުމީ ސިޔާސަތު ހަރުދަނާކުރުމަށް ހިމަނުއްވާނެ ކަމަށް ވިދާޅުވިއެވެ.

މެރިކަލްޗަރުގެ ވިޔަފާރި، ނުވަތަ މިރާއްޖޭގެ ކުޅިތަކާއި ފަރުފަރާއި ފަޅުތަކާއި އަދި ކަނޑުތަކުން ލިބެވޭ މަހާއި އަދި އެހެން ތަފާތު ދިރުންތައް ވިއްސައި ބޮޑެތިކޮށް ވިއްކައިގެން އާމްދަނީ އާއި ނަފާ ހޯދުމުގެ ފުރުޞަތުތައް އެއީ ރާއްޖޭގެ ކޮންމެރަށެއްގައި ހުރެމެ ފަހިކުރެވިދާނެ ފައިދާހުރި މަސައްކަތެއް ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ. އަދި މެރިކަލްޗަރުގެ ވިޔާފާރިއާއި ބެހޭ މުހިންމު އެހެން ވަޞީލަތްތައްވެސް ތަރައްގީ ކުރުމާއި، އެވިޔާފާރީގައި މަސައްކަތްކުރައްވާނެ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ބޭންކްގެ ޚިދްމަތްތައް ފަހިކޮށް، ފޯރުވައިދިނުމަކީ އެމްޑީޕީގެ މެރިކަލްޗަރ ވިޔަފާރީގެ ސިޔާސަތުގެ ބައެއް ކަމަށް އެމްޑީޕީން ހާމަކުރެއެވެ.

އެމްޑީޕީގެ މެރިކަލްޗަރގެ ސިޔާސަތަކީވެސް އާއްމު ރައްޔިތު މީހާއަށް އަމާޒުކޮށްގެން ހިންގާ ސިޔާސަތެއް ކަމަށާއި އެމްޑީޕީ އަބަދުވެސް ބޭނުންވަނީ އާއްމު ރައްޔިތުންނަށް ވީހާވެސް ބޮޑު ފައިދާއެއް ކުރާނެ ސިޔާސަތުތަކެއް އެކަށައަޅާ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއަށް ގެންދިއުން ކަމަށް އެމްޑީޕީން ހާމަކުރެއެވެ.

މި ސިޔާސަތު ލ. މާމެންދޫގައި އިފްތިތާޙްކުރުން ހޮނިހިރު ދުވަހު ހަވީރު 16:30 ގައި ބޭއްވުމަށްފަހު ހޮނިހިރު ދުވަހުގެރޭ 22:30  ގައި ލ. މާމެންދޫގައި އެމްޑީޕީ އިސް ވަފުދެއް ހިމެނިވަޑައިގެން ބާއްވާ ބޮޑު ޖަލްސާއެއް އޮންނާނެއެވެ. އެމްޑިޕީގެ ކުރީގެ ޗެއަރޕަރސަން މަރިޔާ އާއި އަންހެނުން ކޮމިޓީގެ ރައީސާ ޝިޔާމާ މި ދަތުރުގައި ވަޑައިގަންނަވާނެ ކަން އެލްއޭ ނިއުސްއަށް ވަނީ ކަށަވަރު ވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް