ފަހުގެ ޚަބަރު


އިތުރަށް...

ލ. ކައްދޫ އެއަރޕޯޓް މުވައްޒަފުންނަށް މިދިޔަމަހު މުސާރަ ނުލިބުގެ ޝަކުވާ ކުރަން ފަށައިފި

ލިޔުނީ: Unknown - Monday, April 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކައްދޫ މުވައްޒަފުންކޮޅެއް ބްރޭކް ގަޑީގައި - ފޮޓޯ:ކޭއޭސީ ފޭސްބްކް ޕޭޖް
ލ. ކައްދޫ އެއަރޕޯޓް ކުންފުނީގެ މުވައްޒަފުންނަށް މިދިޔަ މާރޗް މަހުގެ މުސާރަ ނުލިބޭތީ އެކަމުގެ ޝަކުވާ މުވައްޒަފުން ކުރަން ފަށައިފި އެވެ.

ކައްދޫ މުވައްޒަފަކު އެލްއޭ ނިއުސް އަށް މަޢުލޫމާތު ދެމުން ބުނީ މިއަދާ ހަމައަށްވެސް މުސާރަ ލިބިފައި ނުވާކަމަށެވެ. "ކުންފުންޏަކަށް ބަދަލުމަސް ފިޔަވާ ހުރިހާ މަހަކުވެސް މަހުގެ ނިމޭ ހިސާބުގައި މުސާރަ ލިބޭ. އެކަމަކު މިފަހަރު މިހާދުވަސް ވިއިރުވެސް މުސާރައިގެ ޚަބަރެއް ނުވޭ."

މިކަމާ ގުޅިގެން އެލްއޭ ނިއުސް އިން ފިނޭންސް މިނިސްޓްރީއަށް ގުޅާލުމުން އެތަނުން ބުނީ އިއްޔެގަ އެ މައްސަލަ މިނިސްޓްރީއަށް އައިކަމަށާއި މުސާރަ ދިނުމުގެ ކަންތައްތައް ހަމަޖައްސަންވި ގޮތުގެ އިރުޝާދު ޓްރަންސްޕޯޓް މިނިސްޓްރީއަށް ދީފަ އޮންނާނެ ކަމަށް ދެކިލައްވާ ކަމަށާއި މިހާރު އެކަންތައް (މުސާރަ ދިނުން) ހަމަޖެހިގެން ދާންޖެހޭނެ ކަމަށެވެ.

މުސާރައިގެ އިޝޫ ފިނޭންސަށް އިއްޔެ ލިބުނުކަމަށް ވިދާޅުވިއިރު މިމަހު 6 ގައި ލ. ގަމުގައި އެމްޑިޕީން ބޭއްވި ރަސްމިއްޔާތުގެ ހަވާސާގެ ތެރެއިން ސުވާލުކުރަން ލިބުނު ފުރުޞަތުގައި އެލްއޭ ނިއުސް އިން މިކަން މީޑިއާ އާއި ހިއްސާކުރުމަށް ސުވާލުކޮށްފައިވެ އެވެ.

ކައްދޫގައި ވަޒީފާ އަދާކުރަމުން އަންނަ ސިޔާސީ ގޮތުން ވަކި ޕާޓީއެއްގެ ފިކުރެއް ނުގެންގުޅޭ މުވައްޒަފެއް ބުނީ ވަކި ސަރުކާރެއް އޮތް އިރު މުސާރަ ނުލިބި ކުޑަކޮށް ލަސްވިޔަސް މުވައްޒަފުންވެސް ވަރަށް ޝަކުވާ ކުރިކަމަށާ އެކަމަކު މިހާރު އެއްޗެކޭ ނުބުނެ ތިމާމެންނަށް ލިބެންޖެހޭ ޙައްޤާއިމެދު އަނގަހުޅުވަން ނުކެރި އެ ތިބީ ބިރުން ކަމަށެވެ.

"މިހާރު އެނގޭ އެއްޗެކޭ ބުނެފިއްޔާ އެ މުވައްޒަފެއް ވަޒީފާއިން ވަކިކުރަންވެސް ފަހަށް ނުދާނެކަން. ތަން ހިންގުމާއި ޙަވާލުވެ ހުރި ފަރާތުގެ އެއްވެސް ބާރެއް ނެތް. ބާރު އޮތީ އެހެން ބައެއްގެ ކޮންޓްރޯލްގަ. ދެން މިތަން ބޮއްސުންލައިގެން ދިޔަސް ވަރިހަމަތާ. މިވެރިކަން އައިފަހުންވެސް ބޮޑު މުސާރައިގެ 19 ވަރަކަށް ވަޒީފާ ބަހައިފި ޕީޕީއެމް އެކްޓިވިސްޓުންގެ ދަރިންނާއި އެކްޓިވިސްޓުންގެ ގާތް މީހުނަށް."

މިކަމާއި ގުޅިގެން ކައްދޫ ހިންގުމާއި ޙަވާލުވެ ހުންނެވި އަޙްމަދު ޢަލީ އަށް އެލްއޭ ނިއުސް އިން އިއްޔެ ހަވީރު ގުޅާލުމުން ބުނީ ރީޖަނަލް އެއަރޕޯރޓްސްއަށް ގުޅައިގެން މަޢުލޫމާތު ހޯދުމަށެވެ. ކައްދޫ މުވައްޒަފުންނަށް މުސާރަ ދީފިތޯ ސުވާލުކުރުން ޖަވާބެއްނުދީ ފޯނު ކަނޑާލި އެވެ.

މަހުގެ 15 އިން 15 އަށް މުސާރަ ތައްޔާރުކޮށް މުސާރަދެމުން އަންނަ ކައްދޫގެ ވަރަށް ގިނަ މުވައްޒަފުން އެލްއޭ ނިއުސް އަށް އެމީހުންގެ ދަތިތައް ހިއްސާކޮށްފައިވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް