ފަހުގެ ޚަބަރު


އިތުރަށް...

ގާދޫ ރައްޔިތުން ގަމަށް ބަދަލުވާން ބޭނުންކަމަށް ބުނެފި

ލިޔުނީ: Unknown - Monday, April 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގާދޫ ކައުންސިލާއި އެކު ރައީސް ނަޝީދު ބޭއްވި ބައްދަލުވުން
ލ.ގާދޫ ރައްޔިތުން ގަމަށް ބަދަލުވާން ބޭނުންކަމަށް ބުނެފިއެވެ. ގާދޫ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މިމޭރުމުން ދަންނަވަފައިވަނީ ކުރީގެ ރައީސް މުޙަންމަދު ނަޝީދު ލ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހެނދުނު އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރެއްވުމުންނެވެ.
 

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ލ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ބޭނުމަކީ އެމްޑީޕީގެ މިނީ މެނިފެސްޓޯގެ ގެސްޓުހައުސް ސިޔާސަތު ތަޢާރަފް ކުރުމާއި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމެވެ.

ގާދޫއަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން އެރަށު ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.  އެމަނިކުފާނު އެރަށުގެ ސިއްޚީ މަރުކަޒަށްވެސް ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލެއްވިއެވެ.  މިދަތުރުފުޅުގައި ލ.އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާ އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް