ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ނަޝީދު ލާމު އަތޮޅުގެ ގާދޫ، މުންޑޫ، މާބައިދޫ، ދަނބިދޫ، ކަލައިދޫ އަދި އިސްދޫއަށް ވަޑައިގެންފި

ލިޔުނީ: Unknown - Monday, April 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ލ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހެނދުނު އެއަތޮޅު ގާދޫއަށް ވަޑައިގަންނަވައިފިއެވެ. އެރަށަށް އެމަނިކުފާނު ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުންނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް ނަޝީދު ގާދޫއަށް ވަޑައިގެން އެރަށުގެ ސިއްޚީ މަރުކަޒަށް ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލެއްވިއެވެ. ގާދޫ ރައްޔިތުންނާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެރަށު މީހުން ލ.ގަމަށް ބަދަލުވާން ބޭނުންވާ ވާހަކަ އެމަނިކުފާނުގެ އަރިހުގައި ދެންނެވިއެވެ.

ލ.ގާދޫއިން ރައީސް ނަޝީދު ދެން ވަޑައިގެންނެވީ އެއަތޮޅު މުންޑޫއަށެވެ. އެރަށުގެ ސިއްޚީ މަރުކަޒު އެމަނިކުފާނު ބައްލަވާލެއްވުމަށްފަހު، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.

މުންޑޫއިން ރައީސް ނަޝީދު ވަޑައިގަތީ ލާމު އަތޮޅު މާބައިދޫއަށެވެ. އެރަށުގައިވެސް ސިއްހީ މަރުކަޒަށް ވަޑައިގެން ސިއްހީ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު އެއްސެވިއެވެ. އަދި ސިއްހީ ދާއިރާގެ ހާލަތު ބައްލަވައި މުވައްޒަފުންނާ ބައްދަލު ކުރެއްވިއެވެ. މީގެ އިތުރުން އެރަށުގެ ސްކޫލްގެ ޕީޓީއޭއާވެސް ބައްދަލު ކުރެއްވިއެވެ.

އެއަށްފަހު އެމަނިކުފާނު ދެން ވަޑައިގެންނެވީ ލ.ދަނބިދޫއަށެވެ. ދަނބިދޫއިން ރައީސް ނަޝީދުއަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. އެރަށު ސިއްޚީ މަރުކަޒަށް އެމަނިކުފާނު ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލެއްވިއެވެ. އަދި ދަނބިދޫ ޕްރީ ސްކޫލްއަށް ޒިޔާރަތްކުރައްވައި އެ ސްކޫލްގެ ބެލެނިވެރިންނާ ބައްދަލުކުރެއްވިއެވެ. އެ ބައްދަލުކުރެއްވުމުގައި ބެލެނިވެރިންވަނީ އެސްކޫލްގެ ޓީޗަރުންނަށް ސަރުކާރުން މުސާރަ ނުދޭތާ ހަތަރު މަސްދުވަސްވެފައިވާ ކަމަށް ރައީސް ނަޝީދު އަރިހު ދަންނަވާފައެވެ.

ދަނބިދޫއިން ރައީސް ނަޝީދު ވަޑައިގެންނެވީ ކަލައިދޫއަށެވެ. ކަލައިދޫއިން ވަރަށް ހޫނު މަރުހަބާއެއް ރައީސް ނަޝީދަށް ދެންނެވިއެވެ. އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގަތެވެ. އަދި ރައީސް ނަޝީދު ކަލައިދޫގައި އެމްޑީޕީގެ ބޮޑު ދިދައެއް ވަނީ ނަންގަވާދެއްވާފައެވެ.

މިހާރު އެމަނިކުފާނު ވަޑައިގެން ހުންނެވީ ލ.އިސްދޫގައެވެ. އިސްދޫއަށް އެމަނިކުފާނު މިއަދު ވަޑައިގެންނެވުމުން އެރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ޚަބަރު: މަނަދޫ ލައިވް
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް