ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ވަހީދު ހަސަން މަނިކު އަށް ވަރަށް ފަނޑު މަރުޙަބާއެއް ކިޔައިފި

ލިޔުނީ: Unknown - Wednesday, April 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައީސް ކަމަށް އަރާ ހުންނެވި ވަހީދު ހަސަން މަނިކު މިއަދު ލ. އަތޮޅުގެ ދެ ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ކައްދުއަށް ވަޑައިގެންނެވި އިރު އެބޭފުޅާއަށް ފަނޑު މަރުޙަބާއެއް ކިޔައިފިއެވެ.

ވަހީދު ހަސަން މަނިކަށް މަރުޙަބާ ކިޔުމަށް ކައްދޫ އެއަރޕޯޓަށް ގޮސްފައިވަނީ ސަރުކާރުގެ މުއައްސަސާ ތަކުން ވިއްސަކަށް މީހުން ކަމަށާއި ޢާއްމުންގެ ތެރެއިން ކައްދުއަށް އެއްވެސް މީހަކު ނުދާ ކަމަށް ކައްދޫގައި ހުރި މީހަކު މަޢުލޫމާތު ދެއެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅަކީ  ހައްދުންމަތީ ދަނބިދުއަށާއި، ކުނަހަންދުއަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މިދެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައި ވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް