ފަހުގެ ޚަބަރު


އިތުރަށް...

އަޅުގަނޑުމެން އިންތިހާބް ކާމިޔާބްކުރާނީ އެއްބުރުން – ޝާހިދު

ލިޔުނީ: Unknown - Friday, April 19, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީއަކީ ޑިމޮކްރަސީގެ ކުޑަދޮރުތައް ބަޔަކު ބަންދުކުރަމުންދަނިކޮށް އެދޮރުތައް ބަންދުކުރިޔަނުދީ ހިފެހެއްޓި ފަހުލަވާނުން ތިބި ޕާޓީކަމަށާއި ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް  އެމްޑީޕީން އެއްބުރުން ކާމިޔާބުކުރާނެކަމަށް އެމްޑީޕީއާއި ގުޅީވަޑައިގެންނެވި ރައްޔިތުން މަޖްލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގާތްގަނޑަކަށް  15000 މެމްބަރުން އަލިމަސް ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ “އާބާރެއް ‘ ޖަލްސާއަށް އެއްވެފައިވާއިރު ، އެޕާޓީގެ އެންމެ މެމްބަރުންނާއި ކުރީގެ ރައީސް ނަޝީދުވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޝާޙިދު ވދާޅުވީ ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި ، ރައްޔިތުން މިއަދު އެފުރުސަތު އެކަން ކުރާބަޔަކަށް ނުދޭނެކަމަށެވެ. ރާއްޖޭގެ ވަށައިގެން ފަންފުޅަފިތަކެއް ޖެހުމަށްފަހު ރާއްޖެއައި ބޭރުދުނިޔެއާއި ގުޅުން ކަނޑާލުމަށް ބަޔަކު މަސައްކަތްކުރިޔަސް އެކަން ކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށްވެސް ޝާޙިދު ވދާޅުވިއެވެ.

ކުޑައިރުގެ ބައެއް ހަނދާތައް ރައީސް ނަޝީދާއި ގުޅުވާލައްވަމުން ވިދާޅުވީ ، މަޖީދިއްޔާގައި ކިޔަވާ ވިދާޅުވި ދުވަސްވަރު ރައީސް ނަޝީދަކީ ޝަހީދު އަލީ ހައުސްގެ ފުޓްބޯޅަ ޓީމްގެ ކެޕްޓަންކަމަށާއި ، ޝާހިދަކީ ޝަހީދުއަލީ ހައުސްގެ ކެޕްޓަން ކަމަށެވެ. މުބާރާތްތަކުގައި ޝަހީދު އަލީ ނުކުނަންއިރު ، އެއްވެސް މެޗެއްގައި އިތުރުވަގުތުގައި ގޯލްޖެހުމަށް ، ރައީސް ނަޝީދު ނުވިސްނާކަމަށާއި ، އަބަދުވެސް ވިސްނަވަނީ ، މެޗުތަކުން މޮޅުވެ ތަށި ހޯއްދެވުމަށްކަމަށެވެ.

ރާއްޖޭގެ އުދަރެހުން ފެންނަނީ ރަންރީނދޫ ދޯދިތައް ރުކުރުވާލާ ތަންކަމަށާއި ، އެމްޑީޕީގެ ވަރުގަދަ ފަހުލަވާލުންނާ އެކު  ކާމިޔާބު ހާސިލްކުރައްވާނެކަމަށާއާއި ، އަދި އެމްޑީޕީއަށް އިތުރު މެމްބަރުން ވެއްދެވުމަށް އަމިއްލަފުޅަށްވެސް މަސައްކަތްކުރަވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް