ފަހުގެ ޚަބަރު


އިތުރަށް...

އާހިތްވަރަކާއިއެކު މަސައްކަތް ކުރާނަން: އަސްވާޑު

ލިޔުނީ: Unknown - Friday, April 19, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަސްވާޑު މާލެ އައުމުން އޭނާއަށް މަރުހަބާ ކިޔަނީ: ފޮޓޯ ކުލަޔެލޯ
ކުރިންވެސް މަސައްކަތްކުރިގޮތަށް, އާހިތްވަރަކާ އެކު, މަސައްކަތް ކުރާނެކަމަށް ރާއްޖެ ޓީވީގެ ޕްރެޒެންޓަރ އަދި ނިއުސް ހެޑް އިބްރާހިމް ވަހީދު (އަޝްވާޑު) ބުނެފި އެވެ.


އަސްވާޑަށް ދެވުނު ނުރައްކާތެރި ހަމަލާއަށް ފަރުވާ ހޯދުމަށްފަހު މިއަދު މެންދުރުފަހު މާލެއައިސް ރާއްޖެ ޓީވީއަށް ދިން އިންޓަވިއު އެއްގައި އަސްވާޑު ބުނީ އަދިވެސް އޭނާ އެއްކޮށް ފިޓު ނުވާ ކަމަށާއި, ކަނާތުލޯ ފުސްކަމަށާއި, ވަސްބެލުމާ, ރަހަބެލުމަށްވެސް އަސަރު ކޮށްފައިވާ ކަމަށެވެ.

“އަޅުގަނޑަށް ދެވުނު ހަމަލާ އަކީ އަސްވާޑަށް ދެވުނު ހަމަލާއެއްނޫން. އަޅުގަނޑަށް ދެވުނު ހަމަލާއަކީ ރާއްޖޭގެ ނޫސްވެރިކަމަށް ދެވުނު ހަމަލާއެއް. އަޅުގަނޑު އަދިވެސް އެއްކޮށް ފިޓެއްނޫން. އަަޅުގަނޑުގެ ކަނާތުލޯ މިހުރީ ފުސްވެފަ. ވަސް ބެލުންވެސް ރަހަބެލުންވެސް މިހުރީ ދަށްވެފަ.”

އަސްވާޑު ބުނީ އޭނަށް ދެވުނު ހަމަލާއިން އޭނާ ސަލާމަތް ވާނެކަމަށް އެއްވެސް މީހަކު, އުންމީދު ނުކުރާ ކަމަށާއި, ނަމަވެސް އޭނާއަށް ޝިފާ ދެއްވީ މަތް ﷲ ކަމަށެވެ. މިހެންކަމުން އެއްވެސް މިންވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށާއި, ކުރިއަށްވުރެ ވަރުގަދަ ހިތްވަރެއްލައިގެން ކުރިއަށްދާނެ ކަމަށެވެ.

މިރޭ އެމްޑީޕީން ބާއްވާ ޖަލްސާގެ ލައިވްކަވަރޭޖުވެސް ގެނެސްދިނުމުގައި ހަރަކާތްތެރިވާނެކަމަށް އަސްވާޑު ބުންޏެވެ.

އެއް މަހާއި 26 ދުވަހަށްފަހު އަސްވާޑު މާލެ އައިސްފައިވާއިރު، އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެމީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ. އެދެ މީހުންނަކީ، މ. ކެރިންލައިޓް އުތުރުބައި، އަޙްމަދު ވިޝާން (22އ) އާއި ގ. ފެހިމާ، ޙަސަން ރައިޙާން (19އ)ގެ މައްޗަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް