ފަހުގެ ޚަބަރު


އިތުރަށް...

ޗައިނާ ސަރުކާރާއި ގުޅިގެން ގަން-ފޮނަދޫގެ ދިގުމަގުގައި ތާރުއެޅުމަށް ވަނީ ނިންމާފަ

ލިޔުނީ: Unknown - Friday, April 19, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ގަމު ސިނާޢީ މަގުމަތީގައި ބަޔަކު ހިނގާލުމެއްގައި - ފޮޓޯ: އެލްއޭ ނިއުސް
ލ.އަތޮޅު ގަން-ފޮނަދޫގައި ގާއިމް ކުރެވިފައިވާ ދިގު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެމަގުގައި ތާރައަޅައި، ރައްޔިތުންނަށް ފަސޭހަކަމާއިއެކު ބޭނުންކުރެވޭ މަގަކަށް ހެދުމަށްޓަކައި ޗައިނާ ސަރުކާރުން ތައްޔާރަށް އޮތްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.


ލ.އަތޮޅުގެ ދަނބިދޫގައި އެރަށުގެ ރައްޔިތުންނާއި މުހާތަބް ކުރައްވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، ހައްދުއް މައްޗަކީ ރާއްޖޭގެ ތަރައްގީގެ ބޮޑުބައެއް ބަރޯސާވެފައިވާ އަތޮޅަކަށްވުމުން އެއަތޮޅުގައި ހުރި ތަރައްގީގެ ބޮޑެތި މަޝްރޫޢުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ ވެރިކަމުގައި އިލްޔާސް އިބްރާހިމްގެ ބެއްލެވުމުގެ ދަށުން ގާއިމްކޮށްފައިވާ ދިގުމަގު އިތުރަށް ތަރައްގީކޮށް އެ މަގުގައި ތާރަ އެޅުމުގެ މަސައްކަތް ޗައިނާ ސަރުކާރާއި ގުޅިގެން ކުރިއަށް 2 މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭވަރު ވާނޭކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޮޑުމަގުގައި ތާރައެޅުމުގެ ކޮންޓްރެކްޓްގައި ޗައިނާގައި ކުރިއަށް ހަފްތާގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވި އަމަލީ މަސައްކަތް ފެއްޓުމަށް އެބޭފުޅުން ޜާއްޖެ ވަޑައިގަންނަވާނޭކަމަށެވެ.

ރައީސް ވަހީދު އާއި ކައްދޫގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުން އެދިގެން ބޭއްވި ބައްދަލުވުމުގައިވެސް ވަނީ ގަން-ފޮނަދޫގެ ދިގުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިންމަސް ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް