ފަހުގެ ޚަބަރު


އިތުރަށް...

ޚާއްޞަ ޑޮކްޓަރުންނަށް ނުދެއްކި ތިބި 2015 ބަލި މީހުން މެޑިކަލް ކޭމްޕް 'މަދަދު' އިން ފަރުވާހޯދި

ލިޔުނީ: Unknown - Sunday, May 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި އެމްއެންޑީއެފް މެޑިކަލް ސަރވިސް ގުޅިގެން ކުރިއަށް ގެންދިޔަ ''މެޑިކަލް ކޭމްޕް މަދަދު" ގެ ސަބަބުން ޚާއްޞަ ޑޮކްޓަރުންނަށް ނުދެއްކި ތިބި 2015 ބަލި މީހުން ބަލައި ފަރުވާދީފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ނިސްބަތްވާ ތ. އަތޮޅާއި ލ. އަތޮޅުގައި ހިންގުނު މި ކޭމްޕްގައި އިންޑިޔާގެ 6 ޑޮކްޓަރުންގެ މައްޗަށް ހިމެނޭ ޓީމެއް ޙަރަކާތްތެރިވި އެވެ. އެގޮތުން މި ކޭމްޕްގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި، ދަތުގެ ޚާއްޞަ ޑޮކްޓަރަކާއި، އެތެރެ ހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، ކަރުންމަތީގެ ޚާއްޞަ ޑޮކްޓަރަކާއި، ލޮލުގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން ހަމުގެ ޚާއްޞަ ޑޮކްޓަރެއްވަނީ ޙަރަކާތްތެރިވެފައެވެ. އަދި މިއިން ކޮންމެ ޑޮކްޓަރަކާއެކު ޕެރަމެޑިކެއްވެސް މިކޭމްޕްގައިވަނީ ޙަރަކާތްތެރިވެފައެވެ.

މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ތ.އަތޮޅުގެ ބައެއް ރަށްރަށާއި ލ.އަތޮޅުގައި ކުރިއަށްގެންދިޔަ މި ކޭމްޕް އިއްޔެ ނިންމާލީ އެމްއެންޑީއެފް ސެނަހިޔަ ހޮސްޕިޓަލްގައި ވެސް ބަލި މީހުންނަށް ފަރުވާދީފައިވެއެވެ. 

ތ.އަތޮޅުގެ ފަސް ރަށަކާއި ލ.ގަމުގައި ކުރިއަށްގެންދިޔަ މެޑިކަލް ކޭމްޕްގެ ސަބަބުން، ޚާއްޞަ ޑޮކްޓަރުންނަށް ދައްކަންބޭނުންވެފައި ތިބި އެތައްބަޔަކަށް އެމަގު ފަހިވެގެންގޮސްފައިވާއިރު، މިކޭމްޕަށް ތ.އަތޮޅުންނާއި ލ.އަތޮޅުން ވަރަށް ބޮޑު ތަރުހީބަކާއި އެއްބާރުލެއްވުމެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން މަޢުލޫމާތު ދެއްވައެވެ.

ތ.އަތޮޅުގައި މިކޭމްޕް ކުރިއަށްގެންގޮސްފައިވަނީ ހިރިލަންދޫ، ވޭމަންޑޫ، ތިމަރަފުށި، އަދި ގުރައިދޫގެ އިތުރުން ވިލުފުށީގައެވެ. އަދި ލ.އަތޮޅުގައި މިކޭމްޕް ކުރިއަށްގެންގޮސްފައިވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގައެވެ.

މި މެޑިކަލް ކޭމްޕަކީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގުނު މެޑިކަލް ކޭމްޕެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް