ބަޣާވާތަކުން ވެރިކަމަށް އަރާވަޑައިގެން ހުންނެވިކަމަށް ރާއްޖޭގެ ގިނަބަޔަކު ޤަބޫލުކުރާ ވަހީދު ހަސަން މަނިކަށް ފޮނަދޫ ދާއިރާގެ ރައްޔިތުންމަޖިލީހުގެ ގޮނޑީގައި އިންނަވާ ޢަބްދުއްރަހީމު ޢަބްދުﷲ ފާޑުވިދާޅުވެއްޖެ އެވެ.
މިއަދު ޢަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "ޑޮކްޓަރު ވަހީދަކީ ޤައުމުގެ މަސްލަޙަތަށްވުރެ އަމިއްލަ މަސްލަޙަތުތަކަށް އިސްކަންދެއްވާ ބޭފުޅެއްކަން ޢަމަލީގޮތުން މިއަދު ޘާބިތުކޮށްދެއްވައިފި" މިހެންނެވެ.
Dr. Waheedhakee gaumuge maslahathahvure amillamaslahathah iskan dhehvaa beyfulhehkan amalee gothun miadhu saabithu koh dhehvaifi.އަބްދުއްރަހީމް މިހެން މި ވިދާޅުވީ ޕީޕީއެމްގެ ރަނިންގ މޭޓަކަށް ޑރ. ޖަމީލު ހަމަޖެއްސުމާއި ގުޅިގެން އެބޭފުޅާ އަދާކުރައްވަމުންގެންދެވި ހޯމްމިނިސްޓަރު ކަމުގެ މަޤާމުން ދުރުކުރެއްވުމުން ކަމަށް ބެލެވެއެވެ.
— Abdul Raheem Abdulla (@Banafsaa) May 11, 2013
ބުރާސްފަތި ދުވަހު ރައީސް އޮފީހުގެ ޕްރެސް ސެކެރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ އިސްތިއުފާ ދެއްވުމަށް ޖަމީލަށް ދެންނެވީ، ޑރ.ޖަމީލަކީ ރިޔާސީ ކެންޑިޑޭޓެއްގެ ރަނިން މޭޓަށްވާ އިރު ކެބިނެޓުގައި އެމަނިކުފާނު އިންނެވުމަކީ ދަތިކަމަކަށްވާނެތީ ކަމަށެވެ. "ޖަމީލަކީ ގައުމީ ޕާޓީގެ ބޭފުޅެއް. އެމަގާމުގައި ހުންނެވި ވެސް އެހައިސިއްޔަތުން. އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތް. އަނެއްކާ ރިޔާސީ ކެންޑިޑޭޓެއްގެ ރަނިންމޭޓު ނޫނީ ނައިބު ރައީސަކި ކެބިނެޓުގައި ރައީސާއި ނައިބު ރައީސަކު އިންނަވާ އިރު އިންނެވުމަކީ ދަތި ކަމަކަށްވާނެތީ،އެހެންވެ އެބޭފުޅާއަށް އެންގެވީ ރިޔާސީ ކެންޑިޑޭޓެއްގެ ރަނިންމޭޓު ކަމަށްވާ ނަމަ ވިސްނާ ވަޑައިގެންނެވުމަށްފަހު އިސްތިއުފާ ދެއްވީ" މިދިޔަ ބުރާސްފަތި ދުވަހު މަސްއޫދު ވިދާޅުވެފައިވެއެވެ. 8
No comments: