ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 30 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަން ފަށައިފި

ލިޔުނީ: Unknown - Tuesday, May 7, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. އަތޮޅު ތަޢުލީމީ މަރުކަޒަށް 30 އަހަރުފުރުން ފާހަގަ ކުރުން - ފޮޓޯ: އެލްއޭ ނިއުސް
ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 30 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރަން ފަށައިފިއެވެ. އަހަރީ ދުވަހުގެ ޙަރަކާތްތައް ފެށިފައިވަނީ މިއަދު ހެނދުނު ބޭއްވުނު ޚާއްޞަ އެސެމްބްލީ އަކުންނެވެ. މި ޚާއްޞަ އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވީ އަތޮޅު ކައުންސިލް ރައީސް މުޙައްމަދު ރަޝީދެވެ.

މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލް ރައީސް ދެއްކެވި ވާހަކަފުޅުގައި ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރުމަށާއި އަޚްލާޤް ރަނގަޅުކުރުމަށް ގޮވާލެއްވިއެވެ. އަދި ބެލެނިވެރިންވެސް މިކަންކަމަށް މިހާރަށްވުރެން ބޮޑަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން ސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ ނަސީޙް ގެ ވާހަކަފުޅުވެސް މައިގަނޑުގޮތެއްގައި ބިނާކުރެއްވީ މިކަމުގެ މައްޗަށެވެ.

ޚާއްޞަ އެސެމްބްލީގެ އިތުރުން މިއަދު ދަރިވަރުންވަނީ ޤުރުއާން މުސްޙަފް ޚަތިމްކޮށްފައެވެ. މި ދުވަސް ފާހަގަ ކުރުމަށް ތަފާތު ކުޅިވަރުތަކާއި ދުވަހާއި ގުޅިގެން ބާއްވާ ހިނގާލުމަކާއި ބެެލެނިވެރިންގެ ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. ހަމަ އެހެންމެ ސްކޫލް ބޭންޑާއި ކެޑޭޓް ގުޅިގެން ރަށުގެ މަގުތަކުގައި ޕެރޭޑެއްވެސް ބޭއްވުމަށް ނިންމާފައިވެއެވެ.  ނަމަވެސް މިއަދު ވިއްސާރަވުމުގެ ސަބަބުން މިއަދަށް ޝެޑިއުލްކޮށްފައިވާ ޙަރަކާތްތައް ވަނީ ކެންސަލް ކޮށްފައެވެ.

7 މެއި 1983 ގައި ހުޅުވުނު ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިހާރު އޭލެވެލް އާއި ހަމައަށް ކިޔަވައިދެމުން ގެންދެއެވެ. އަދި އޯލެވެލް އާއި އޭލެވެލް އިން ރާއްޖެއާއި ބައިނަލް އަޤްވާމީ ފެންވަރުގެ ވަނަތައް ދަރިވަރުން ހޯދަމުން ގެންދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް