ފަހުގެ ޚަބަރު


އިތުރަށް...

މިދިޔަ ހަފްތާގައި ޓްރެފިކް ވައިލޭޝަން މައްސަލަތަކުގައި 349 ލައިސަންސް ހިފަހައްޓާފައިވޭ - ފުލުހުން

ލިޔުނީ: Unknown - Monday, May 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މާލޭގެ މަގުތައް އަމާންކުރުމަށް ޓްރެފިކް ޕޮލިސް މިހާރު ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގެ ދަށުން މިދިޔަ ހަފުތާގައި ޓްރެފިކް ވައިލޭޝަންގެ އެކި މައްސަލަތަކާއި ގުޅިގެން 349 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވެއެވެ.

މި މެއި މަހުގެ 19 އިން 26 ގެ ނިޔަލަށް ޓްރެފިކް ޕޮލިސް އިން މާލެތެރޭގައި ވީސީޕީ ޖަހައިގެން އުޅަނދުތައް ބަލާ ފާސްކުރުމުގައި ހަރަކާތްތެރިވެފައިވާއިރު މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ލައިސަންސް ހިފަހައްޓާފައިވަނީ ރޯޑުވާދިނަސް ނުހައްދައި ހުރުމުގެ ސަބަބުންނެވެ. އެގޮތުން ރޯޑުވާދިނަސް ނުހައްދައި ދުއްވައިގެން 210 ލައިސަންސް ހިފަހައްޓާފައިވެއެވެ.
މީގެ އިތުރުން އަހަރީ ފީ ނުދައްކައިގެން 51 ފަރާތެއްގެ ލައިސަންސް ހިފަހައްޓާފައިވާއިރު ޓްރެފިކް ސިގްނަލްތަކާއި ޚިލާފުވި 16 މީހެއްގެ ލައިސަންސް އާއި ވަންވޭ އާއި ޚިލާފަށް ދުއްވި 20 މީހެއްގެ ލައިސަންސް އާއި މޯބައިލް ފޯނުން ވާހަކަދައްކަމުން ދުއްވި 22 މީހެއްގެ ލައިސަންސްއާއި ޓްރެފިކް ލައިޓް އާއި ޚިލާފަށް ދުއްވި 07 މީހެއްގެ ލައިސަންސްއާއި، އެހެނިހެން ބައެއް މައްސަލަތަކާއި ގުޅިގެން 24 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވެއެވެ.

މީގެ އިތުރުންވެސް ޓްރެފިކް އެކި މައްސަލަތަކާއި ގުޅިގެން ނަސޭހަތްދިނުމާއި އެކިވަރުގެ ފިޔަވަޅުތައް އަޅާފައިވެއެވެ.

މިދިޔަ ހަފުތާގައި ފުލުހުންވަނީ ގަން-ފޮނަދޫގައިވެސް ވެހިކަލްތައް ޗެކްކޮށް ޓްރެފިކް ޤަވާޢިދަށް އަމަލުކުރާ މިންވަރު ބަލާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް