ފަހުގެ ޚަބަރު


އިތުރަށް...

ފުރާޅުން ޓިނު ނަގައިގެން ފިހާރަޔަކަށް ވަގަށް ވަން ދެ މީހަކު ހަ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ލިޔުނީ: Unknown - Sunday, May 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އޭއެޗް ބްރަދާސް ފިހާރައިގެ ފުރާޅުން ޓިނުގަނޑަކާއި އެ ފިހާރައިގެ ސީލިންގާއި އެގްޒޯސްޓެއް ހަލާކުކޮށްލައިގެން އެ ފިހާރައިގެ ތެރެއަށް ވަގަށް ވަން ދެ މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ޖޫން 18، 2011 ވަނަ ދުވަހުގެ ރޭ ފަތިހު 3:30 އެހާއިރު އޭއެޗް ބްރަދާސް އަށް ވަން ދެ މީހުން ކަމަށްވާ ލ.އިސްދޫ އެވަލާސްޓް ހުސައިން ޒާހިރު އާއި ގދ.ރަތަފަންދޫ އައްސޭރިވިލާ އާފިރު މުހައްމަދުގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އައިސްފައި ވަނީ އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރީ އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ ކަމަށް ވެފައި މި ބާވަތުގެ ކުށެއް އެ ދެ މީހުންގެ މައްޗަށް ވެސް މީގެ ކުރިން ސާބިތު ވެފައި ނުވާތީ އެވެ.

ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަން ތެރިވުމަކީ ކުށެއްކަމަށާއި މިކުށް ކޮށްފިމީހެއްގެ އަދަބަކީ ގިނަވެގެން ހަ މަސްދުވަހަށް ޖަލަށްލުން، އަރުވާލުން، ގޭގައި ބަންދުކުރުން، ނުވަތަ 150ރ. އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ކުރެއްވި ހުކުމުގައި ވަނީ ހުސެން ޒާހިރު އާއި އާފިރު މުހައްމަދު ފިހާރައިގެ ތެރެއަށް ވަދެފައިވާކަން، ޝަރީއަތަށް ހުށަހެޅި ވީޑިއޯ ފުޓޭޖުން އެނގޭ ކަމަށާއި ފިހާރަ އަށް ގެއްލުން ދީފައިވާކަން ހެކިންގެ ބަހުންނާއި ޝަރީއަތަށް ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް