ފަހުގެ ޚަބަރު


އިތުރަށް...

މާވަށު ޒުވާނަކު އޭނާގެ ދޮންބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި

ލިޔުނީ: Unknown - Sunday, May 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާވަށް - ފޮޓޯ: ޒާންޓެ ބްލޮގް
ލ. މާވާށު ފިނިހިޔާގޭ މުޙައްމަދު ނަމަކަށްކިޔާ ޒުވާނަކު އޭނާގެ ދޮން ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

ރޭގެ ވަގުތެއްގައި ހިނގާފައިވާ މި ޙާދިޘާގައި ހަމަލާގެ ޝިކާރައަކަށްވި މީހާގެ އަތްތިލަ ފުންކޮށް ކަފައިގެން ދިޔަކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ރޭގެ ވަގުތެއްގައި މާވަށު ސިއްޙީމަރުކަޒުގައި އޭނާއަށް ފަރުވާދީފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މި މައްސަލަ ބެލުމަށް ރޭގެ ވަގުތެއްގައި ފުލުހުން މާވަށަށްގޮސް ވަޅިން ހަމަލާދިން މުޙައްމަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް މާވަށު މީހަކު މަޢުލޫމާތު ދިނެވެ. އަދި ރޭގެ ފަތިހުގެ ވަގުތެއްގައި ފޮނަދޫ ޕޮލިސް ސްޓޭޝަނަށް އޭނާ ގެންދިޔަކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އެނގިފައިވާގޮތުން ދޮން ބައްޕައަށް ވަޅިން ހަމަލާދިން މުޙައްމަދު އެކަން ކުރިއިރު ހުރީ މަސްތުގެ ޙާލަތުގައެވެ. މާވަށުން އެލްއޭ ނިއުސްއަށް މަޢުލޫމާތުދިން މީހަކު ބުނީ އެ މުޙައްމަދު މިކަން ކޮށްފައިވަނީ މަސްތުގެ ޙާލަތުގައި އުޅޭތާ ދެތިންދުވަހެއް ފަހުން ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް