ފަހުގެ ޚަބަރު


އިތުރަށް...

ހޯމް މިނިސްޓަރު ކަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ

ލިޔުނީ: Unknown - Saturday, May 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހޯމް މިނިސްޓަރު ކަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް ކުރައްވާފައިވާ ޓުއިޓެއްގައި ވިދާޅުވަފައިވަނީ އޭނާ ހޯމް މިނިސްޓަރުގެ މަގާމުން އިސްތިޢުފާދެއްވާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ. އަދި އޭނާ އެމަގާމުން ވަކިކުރައްވާފައިވަނީ ޕީޕީއެމްއާ ގުޅިވަޑައިގެން އެޕާޓީގެ ރަނިން މޭޓަކަށް ވެވަޑައިގަތުމާ ގުޅިގެން ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

ޓްވިޓާގައި ޖަމީލް އިތުރަށް ވިދާޅުވީ ކެބިނެޓުގައި އެކުގައި މަސައްކަތްކުރެއްވުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ވަހީދަށާއި އެހެން ބޭފުޅުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ގައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަމީލް މި ވަގުތު އުޅުއްވަނީ ޕީޕީއެމްގެ ރިޔާސީ ކެމްޕެއިންގައި ކެންޑިޑޭޓް އަބްދުﷲ ޔާމީނާ އެކު އައްޑޫގަ އެވެ.

ޔާމީންގެ ރަނިންމޭޓަކީ ޖަމީލްކަން ބުރާސްފަތިދުވަހުގެ ރޭ އިއުލާންކުރެއްވުމުގެ ކުރިން ރައީސް އޮފީހުން ވަނީ އިސްތިއުފާދެއްވުމާ މެދު ވިސްނެވުމަށް ޖަމީލަށް އަންގާފަ އެވެ. ރައީސް އޮފީހުން ދެކޭ ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއްގެ ރަނިންމޭޓެއްގެ ގޮތުގައި ޖަމީލް ނުކުމެވަޑައިގެން ކެބިނެޓުގައި އިންނަވާ ނަމަ މަސްލަހަތު ފުށުއަރާނެ އެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް