ފަހުގެ ޚަބަރު


އިތުރަށް...

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ތަޙްނިޔާ ހުރިހައި ކުޑަކުދިންނަށް ކިޔަން

ލިޔުނީ: Unknown - Friday, May 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކުޑަކުދިންތަކެއް އަތިރިމަތީގައި ކުޅެނީ - ފޮޓޯ: ގޫގްލް އިމޭޖްސް
މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަމުން އަންނަ މިއަހަރުގެ ކުޑަކުދިންގެ ދުވަހެވެ. ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރެވޭ މިއުފާވެރި މުނާސަބަތުގެ ހެޔޮއެދުމާއި އިޚްލާޞްތެރި ތަހުނިޔާ، ލޮބުވެތި އެންމެހައި ދިވެހި ކުޑަކުދިންނަށް އެލްއޭ ނިއުސްގެ ފާރަތުން ފޮނުވައެމެވެ.

އަޅުގަނޑުމެންގެ ލޮލުގެ ނޫރު ކަމުގައިވާ ކުޑަކުދިންނަކީ މާދަމާގެ ކުރިމަގު އުޖާލާކަމާއިއެކު އާރާސްތުކުރުމަށް މިއަދު ތައްޔާރުކުރަމުން އަންނަ މާދަމާގެ ޒުވާން ޖީލެވެ. މުޖުތަމަޢުގެ މުސްތަޤްބަލެވެ.

މިފަދަ ދުވަހެއް ފާހަގަކުރެވޭއިރު އަޅުގަނޑުމެން މައިންބަފައިން ފުންކޮށް ވިސްނާލާން އެބަޖެހެއެވެ. އަޅުގަނޑުމެންނަށް މާތްﷲ ޙަވާލުކުރައްވާފައިވާ މި ތުއްތުތުއްތު އަމާނާތްތައް އެންމެ ހެޔޮގޮތުގައި ބޮޑުކުރާން އެބަޖެހެއެވެ. ވެވޭ ކުޑަކުޑަ އިހްމާލަކުންވެސް ހީވެސް ނުކުރާވަރުގެ ގެއްލުމަކާއި ދެރައެއް ކުރިމަރިވެދާނެއެވެ. އެހެންކަމުން ކުޑަކުދިންގެ ޙައްޤުތަކާއި އެކުދިންގެ ނަފްސު ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ. ކުޑަ ކުދިންގެ ޙައްޤުތަކަށް ރައްކާތެރިނުވެ، ކުޑަ ކުދިންނާމެދު އިހުމާލުވާނަމަ އެ މުޖުތަމަޢެއްގެ މުސްތަޤުބަލު ގެއްލި ހަލާކުވެދާނެ ކަން ޔަޤީނެވެ.

މިފަދަ ދުވަހެއް ފާހަގަ ކުރެވޭއިރު މައިންބައިފައިން، މަންމައާއި ބައްޕަވެސް މިއަދު ދަރިންނަށް ވަގުތުކޮޅެއް ހުސްކޮށްލުން މުހިންމެވެ. އެކުދިން ހިތްހަމަޖައްސާލުމަށް ކޮންމެވެސް ކަމެއް ރޭއްވެވުން ނުވަތަ އެކިއެކި ޖަމިއްޔާ ޖަމާޢަތްތަކުން މިއަދާއި ގުޅިގެން ހިންގަވާ ކަމެއްގައި ބައިވެރި ކުރުވުން މުހިންމެވެ. މާ އަގުބޮޑު ނޫން ކޮންމެވެސް ހަދިޔާއެއް ގަނެދެއްވިޔަސް މިއަދު އެކުދިން ވަރަށް އުފާވާނެއެވެ. ދުވަހުގެ މަރުޙަބާ އެކުދިންނާ ލޯބި ކޮށްލަމުން ކިޔާލުމުން އެކުދިން ވަރަށް އުފާވާނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް