ލ. ފޮނަދޫ ބަނދަރު ސަރަޙައްދުގެ ގޫގްލް އިމޭޖެއް |
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ޢުމުރުން 19 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.
މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2013 މެއި 05 ވަނަ ދުވަހުގެ 11:26 ހާއިރު ލ.އަތޮޅު ފޮނަދޫ އާއި މާވަށާ ދެމެދު ދަތުރު ކުރާ ފެރީން ބަޔަކު މަސްތުވާތަކެތި ގެންނަކަމުގެ މަޢުލޫމާތު ގަން ޕޮލިސް ސްޓޭޝަނުގެ ފުލުހުންނަށް ލިބުމާ ގުޅިގެން، ލ.އަތޮޅު ފެރީ ފޮނަދޫ ބަނދަރަށް ކައިރިކުރި ވަގުތު މި ދެމީހުން އައިސް ފެރީންއައި މީހެއްގެ އަތުން ޕާރުސަލެއް ނަގައިގެން ދާންފެށުމުން، ފުލުހުންގެ ބެލުމުގެދަށަށް މި ދެމީހުން ގެނެސް، މި ދެމީހުންނާއި ޕާރސަލް ބަލާފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ބުލެޓް ސައިޒްގެ 05 ރަބަރު ޕެކެޓް ފެނިފައިވާތީ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ލ.ގަން ޕޮލިސް ސްޓޭޝަނުން މިހާރު ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
No comments: