ލ. އ.ތ.މ ގެ ޕޭރަންޓް ކޮންފަރެންސް 2013 - ފޮޓޯ: އެލްއޭ ނިއުސް |
މިކޮންފަރެންސްގައި މައިގަނޑު ތިން ކަރުދާހެއް ހުށައެޅި އެކަރުދާސްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި މެދު ވާހަކަދައްކާ އެ މައްސަލަތައް ހައްލުކުރުމަށް ބައިވެރިވި ބެލެނިވެރިންނަށް ފެންނަ ކަންކަން ހުށައެޅިގެން ދިޔައެވެ. މިގޮތުން ހުށައެޅުނު ތިން ކަރުދާހަކީ 'ދަރިވަރުންގެ އަޚްލާޤީ ކަންކަމާއި ގުޅޭގޮތުން ހުށައެޅުނު ކަރުދާސް'، 'ޢާއްމު ސާފުތާހިރުކަމާއި ސިއްޙަތާޢި ނިއުޓްރިޝަން ކަރުދާސް' އަދި 'އުނގެނުމާއި އުންގަންނައިދިނުމުގެ ކަރުދާސް' އެކެވެ.
މި ކޮންފަރެންސް ފައްޓަވައިދެއްވީ ޙަމަދުބިން ޘާނީ އަލްޚަލީފާ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ޝައުކަތެވެ. ޝައުކަތު މި ކޮންފަރެންސްގެ ބައިވެރިންނާއި މުޚާޠަބްކޮށް ވަރަށް އަގުހުރި ވާހަކަކޮޅެއް ދެއްކެވިއެވެ. އަދި މިފަދަ ކޮންފަރެންސެއް ކުރިއަށްދާއިރު ބެލެނިވެރިންގެ ވިސްނުން ބެހެއްޓެވުން ރަނގަޅުވާނެ ކަމަށް ފެނިލެއްވި ބައެއްކަންކަން ހިއްސާކުރެއްވިއެވެ.
ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުﷲ ނަސީޙް ވިދާޅުވީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މަޤުޞަދަކީ ސްކޫލް ވެށީގައި ހުރި ބައެއް މައްސަލަތަކާއި ރަނގަޅުކުރާންޖެހޭ ކަންކަމާއި މެދު ބެލެނިވެރިންގެ މަޝްވަރާއާއިއެކު އެކަންކަމަށް ހައްލެއް ހޯދުން ކަމަށެވެ.
މި ކޮންފަރެންސްގައި އޮބްޒަރވަރުންގެ ގޮތުގައި ޕީޓީއޭ އާއި ސްކޫލްބޯޑްގެ މެންބަރުން ބައިވެރިވެލެއްވިއެވެ. ކޮންފަރެންސްގެ ބައިވެރިންނަށް ހަނދަނީ ލިޔުމެއްވެސް ރޭވަނީ ދީފައެވެ.
ރޭ ބޭއްވުނު މި ކޮންފަރެންސްގައި ގްރޭޑް 1 ން 12 އަށް ހިމެނޭ ކުލާސްތަކުން މަންދޫބުން ބައިވެރިވެފައި ވެއެވެ. ކަރުދާސްތައް ހުށައަޅުއްވައިދެއްވީ މަރުކަޒުގެ ބައެއް ލީޑިންގ ޓީޗަރުންނެވެ. ރޭގެ ކޮންފަރެންސްގައި ބައިވެރިވި ބައިވެރިންގެ ފަރާތުންވެސް ބެލެނިވެރިއަކު ވާހަކަދެއްކިއެވެ. ބެލެނިވެރިޔާގެ ވާހަކައިގައި މިފަދަ ކޮންފަރެންސްތަކާއި މަޢުލޫމާތު ދިނުމުގެ އެކިއެކި ސެޝަންތައް ބެލެނިވެރިންނާއި ދަރިވަރުންނަށް ހިންގުމަކީ ބެލެނިވެރިން އަބަދުވެސް އެދޭކަމެެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ.
No comments: