ލ. ގަމު މަގެއްމަތީގައި ޕޮލިސް ވެހިކަލްއެއް އިންސްޕެކްޓް ކުރުމުގައި - ފޮޓޯ: އެލްއޭ ނިއުސް ފައިލް |
މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު ކުޑަކުއްޖަކު ލ. ގަން
ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 14 އަހަރުގެ ކުޑަ
ފިރިހެން ކުއްޖެކެވެ.
މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު
މަޢުލޫމާތަކާ ގުޅިގެން ލ. ގަން ތުނޑީ އަވަށުން ހިނގާފައި ދަނިކޮށެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް
ހުރި ރަބަރު ޕެކެޓް ފެނިފައިވަނީ، ފުލުހުން ފެނުމާއެކު މިކުއްޖާ ބިންމައްޗަށް
އެއްޗެއް އެއްލާލި ތަން ފެނުމުން، އެސަރަހައްދު ބަލައި ފާސްކުރިއިރު
އެސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން މިކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ކުޑަކަމުދާ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް
ކަމުގައިވާ އެޗް.ޓީ.ސީ އަށް ޕޮޒިޓިވް ވެފައި ވާކަމަށްވެސް ފުލުހުންގެ މީޑިއާ އިން މަޢުލޫމާތު ދެއެވެ..
މަސްތުވާތަކެތީގެ މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން މިހާރު ތަޙުޤީޤު ކުރައްވަމުން ގެންދަވާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
No comments: