ފަހުގެ ޚަބަރު


އިތުރަށް...

މެޑިކަލް ކޭމްޕް މަދަދު ލ. ގަމު ހޮސްޕިޓަލުގައި މިއަދު ފަށައިފި

ލިޔުނީ: Unknown - Thursday, May 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި އެމްއެންޑީއެފް މެޑިކަލް ސަރވިސް ގުޅިގެން ތ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރިއަށް ގެންދިޔަ "މެޑިކަލް ކޭމްޕް މަދަދު" ނިންމާލުމަށްފަހު މިއަދު ހެނދުނު ލ. ގަމުގައި ފަށައިފިއެވެ.

މެޑިކަލް ކޭމްޕް މަދަދުގެ ސަބަބުން ޚާއްޞަ ޑޮކްޓަރުންނަށް ދައްކަންބޭނުންވެފައި ތިބި އެތައްބަޔަކަށް އެމަގު ފަހިވެގެންދާނެ ކަމަށް މިކަން އިންތިޒާމުކުރައްވާ ފަރާތްތަކުން ބުނެއެވެ.

ލ.ގަމު ރީޖަނަލް ހޮސްޕިޓަލް ގައި ކުރިއަށްގެންދާ މިމެޑިކަލް ކޭމްޕް 1 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ކަމަށާއި މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 04:00 ޖަހަންދެން ކުރިއަށް ދާނެކަމަށް މަޢުލޫމާތު ލިބެއެވެ.

އިންޑިޔާގެ 6 ޑޮކްޓަރުންގެ މައްޗަށް ހިމެނޭ މިޓީމްގައި ކުޑަކުދިންގެ ޑޮކްޓަރަކާއި، ދަތުގެ ޑޮކްޓަރަކާއި، ކަރުންމަތީގެ ޑޮކްޓަރަކާއި، ލޮލުގެ ޑޮކްޓަރެއްގެ އިތުރުން ހަމުގެ ޑޮކްޓަރެއް ގެންދަވަނީ ބަލިމީހުން ބެއްލެވުމުގައި ޙަރަކާތްތެރިވަމުންނެވެ. އަދި މިއިން ކޮންމެ ޑޮކްޓަރަކާއެކު ޕެރަމެޑިކެއްވެސް މިކޭމްޕްގައިދަނީ ހަރަކާތްތެރިވަމުންނެވެ.

މި ޕްރޮގްރާމަކީ އިންޑިއާގެ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް