ފަހުގެ ޚަބަރު


އިތުރަށް...

އިންޑިއާގެ ނޭވީ މަތިންދާ ބޯޓެއްގެ އެހީގައި ''އަޒުމް'' ދޯނި ހޯދުމުގެ މަސައްކަތް ފަށައިފި

ލިޔުނީ: Unknown - Thursday, May 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިންޑިއާގެ ނޭވީ މަތިންދާ ބޯޓެއްގެ އެހީގައި ''އަޒުމް'' ދޯނި ހޯދުމުގެ މަސައްކަތް  އިއްޔެ ފަށައިފިއެވެ
މިމަހުގެ 04 ވަނަ ދުވަހު 0800 ހާއިރު  ދެމީހުންނާއިއެކު މ.މުލަކުން ލ.މާވަށަށް ދަތުރުކުރި "އަޒުމް" ދޯނި ޚަބަރެއް ނުވުމާއި ގުޅިގެން، މިދޯންޏާއި މިދޯނިން ދަތުރުކުރި މީހުން ހޯދުމަށް ކޯސްޓްގާޑުން މިއަދުވެސް ދަނީ ކަނޑުމަގުންނާއި ވައިގެ މަގުން މިދޯނި ހޯދުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން ކޯސްޓްގާޑް ޝިޕް ހުރަވީ އާއި އިންޑިއާ ސަރުކާރުގެ ޚާއްޞަ އެހީތެރިކަމާއެކު މިއަދު އައި އިންޑިއާގެ ނޭވީ މަތިންދާ ބޯޓެއް ބޭނުންކޮށްގެން މިއަދު ހެނދުނުން ފެށިގެން، މ.އަތޮޅާއި އަދި ތ.އަތޮޅުގެ އިރުމަތީ ފަރާތް ބަލާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުންވެސް މިދޯންޏާއި މިދޯނިން ދަތުރުކުރި މީހުންގެ އެއްވެސް ނިޝާނެއް އަދި ނުފެންނަ ކަމަށާއި، މިދޯންޏާއި މިދޯނިން ދަތުރުކުރި މީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފިނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދޭކަމަށް ކޯސްޓްގާޑުން އެދިލައްވައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް