ފަހުގެ ޚަބަރު


އިތުރަށް...

ޖުޑިޝަރީ ހަރުދަނާވާން އޮތީ އިލްމީ ބޭފުޅުން ކުރިމަތިލައްވައިގެން: އާދަމް މުހައްމަދު

ލިޔުނީ: Unknown - Thursday, May 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު
ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާ ވާން އޮތީ އިލްމީ އަދި ގާބިލް ބޭފުޅުން، ހާއްސަކޮށް ޒުވާނުން ކުރިމަތިލައްވައިގެން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އާދަމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީ އާއި މީޑިއާއާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ބޭއްވި މައުލޫމާތު ސެޝަން ހުޅުވައިދެއްވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވިދާޅުވީ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އިއުލާންކުރުމުން، ހާއްސަކޮށް ރަށްރަށަށް ދާން ހުޅުވައިލާ ފުރުސަތުތަކަށް އެކަށީގެންވާ ތަރުހީބު ނުލިބޭ ކަމަށެވެ.

އޭނާ ގޮވާލެއްވީ އެ މަގާމުތަކަށް ޝަރުތު ހަމަވާ މީހުން ކުރިމަތިލުމަށެވެ.
"ޝަރުތު ހަމަވާ ބޭފުޅުން ތިބި ކަމަށް ވަންޏާ އަޅުގަނޑުމެން ހުޅުވައިލާ ތަފާތު ބުރުތަކުގައި އެޕްލައިކުރައްވާ. ފަނޑިޔާރުކަމަށް އަޅުގަނޑުމެން ހުޅުވައިލާ ދޮރުތަކަށް ފުރިހަމަ އަށް ތަރުހީބު ދެއްވައި ]ރަށްރަށަށް[ ވަޑައިގަންނަވަން ވެސް ފަސްޖެހިވަޑައި ނުގަންނަވާށޭ،" އާދަމް މުހައްމަދު ވިދާޅުވި އެވެ. "އެއީ ތިބޭފުޅުން ފަސްޖެހިވަޑައިގަންނަވާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެންމެ ފުރިހަމަ ގޮތުގައި ޝަރުއީ ނިޒާމުގެ ތެރޭގައި ހިމެނޭ ކޯޓުތަކަށް އަޅުގަނޑުމެން ބޭނުންވާ އެންމެ ފުރިހަމައަށް އެ ކަމުގެ ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ، ހާއްސަކޮށް ޒުވާން ބޭފުޅުން ފެނިގެންނެއް ނުދާނެ."

އޭނާ ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތާއި ގާބިލްކަން ވަޒަންކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ކަންކަން އެ ކޮމިޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކަން މިހާރު އޮތީ ގަވާއިދުތަކާއި އުސޫލްތައް އެކަށަ އެޅުމުގެ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.

އާދަމް މުހައްމަދު ވިދާޅުވީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް އިތުރުވެފައިވާ އިރު އެ މައްސަލަތައް އަވަހަށް ނިންމަން ހާއްސަކޮށް ސުޕީރިއާ ކޯޓުތަކަށް އެކަށީގެންވާ އަދަދެއްގެ ފަނޑިޔާރުން އިތުރުކުރަން ޖެހޭ ކަމަށެވެ. އެހެން ނޫނީ އެފަދަ ނިޒާމެއް ހިންގަން ދަތިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖޭއެސްސީން ބޭއްވި ސެޝަންގައި ރާއްޖޭގެ ގިނަ މީޑިއާތަކަކުން ނޫސްވެރިން ބައިވެރިވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް