މިކަންވަނީ އެލްއޭ ނިއުސް އަށް މައްސަލަ ހުށައެޅުއްވި މެންބަރު އަޙްމަދު އާސިފް ކަށަވަރުކޮށްދެއްވާފައެވެ.
މިއަދު ހުށައަޅާފައިވާ މި މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެދި އަތޮޅު ކައުންސިލް މެންބަރު އަދި އަތޮޅު ކައުންސިލްގެ ރައީސްކަން ކުރެއްވި މެންބަރު އަޙްމަދު އާސިފް ވަނީ އަތޮޅު ކައުންސިލް ރައީސްގެ އިތުބާރުނެތްކަމަށް ފާހަގަކޮށް 7 ކަމެއް ހުށައަޅުއްވާފައެވެ. އާސިފް ހުށައަޅުއްވާފައިވާ ހަތް ކަމަކީ:-
•މިހާރުގެ ރައީސް ރައީސްކަމާއި ޙަވާލުވިއިރުވެސް އިސްކަންދީގެން ނިންމުމަށް ކައުންސިލުން ބުނަމުންދާ ކަންކަން މިއަދާއި ހަމައަށްވެސް އެ ޙާލަތުގައި ހުރުން
•އަތޮޅު ކައުންސިލަށް ދިމާވެފައިވާ ބަޖެޓްގެ ދަތިކަން ހައްލުކުރުމަށް އެދެވޭ އެދެވޭ މަސައްކަތެއް ކުރެވިފައި ނެތުން
•އަތޮޅު ކައުންސިލުން ދޭ ޚިދުމަތެއް ކަމުގައިވާ ގަން، ފޮނަދޫގެ މަގުހެދުމުގެ މަސައްކަތް ހުއްޓިފައިވާއިރު އެކަމަށް ހައްލެއް ހޯދިފައި ނެތުން
•އަތޮޅު ކައުންސިލްގަ އެއްގަމު އަދި ކަނޑުގެ އުޅަނދެއްވެސް ދުވާ ޙާލަތެއްގައި ނެތްއިރު އެއްވެސް އެއްޗެއް މަރާމާތު ކުރުމަށް މަސައްކަތް ނުކުރުން
•އެކިއެކި ފަރާތްތަކަށް އަތޮޅު ކައުންސިލާ އަދި އަތޮޅުގެ ރައްޔިތުންނާ ބެހޭގޮތުން ސައްޙަނޫން މަޢުލޫމާތު ހިއްސާކޮށްފައިވުން
•ކައުންސިލަރުންގެ މެދުގައި އެއްބައިވަންތަ ރޫހެއް އާލާކުރަން މަސައްކަތް ނުކުރުން
•އަތޮޅުގެ ރަށްރަށާ އަތޮޅު ކައުންސިލާ އޮންނަންވާ ގުޅުން ހީނަރުވެފައިވުން
ކައުންސިލް މެންބަރު އާސިފް ހުށައެޅުއްވި ސިޓީ - ފޮޓޯ: މުޙައްމަދު |
ކައުންސިލް މެންބަރު އާސިފް ހުށައެޅުއްވި ސިޓީގައި ހިމެނޭ ނުކުތާތައް - ފޮޓޯ: މުޙައްމަދު |
އަތޮޅު ކައުންސިލްގެ ރައީސްކަން އެންމެފުރަތަމަ ކުރެއްވީ ފޮނަދޫ ދާއިރާއިގެ އަތޮޅު ކައުންސިލް މެންބަރު އިބްރާހިމް އަނީސް އެވެ. އެއަށްފަހު ކައުންސިލް ރައީސްކަން ކުރެއްވީ އިސްދޫ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރު އަޙްމަދު އާސިފެވެ. މިވަގުތު ރައީސަކަށް ހުންނެވީ ގަމު ދާއިރާގެ އަތޮޅު ކައުންސިލް މެންބަރު މުޙައްމަދު ރަޝީދު އެވެ.
އަތޮޅު ކައުންސިލްގައި ތިއްބަވާ މެންބަރުންގެ ތެރެއިން މުޢިއްޒު ފިޔަވައި ދެން ތިއްބަވަނީ ޑީއާރްޕީ ޓިކެޓްގައި ވާދަކޮށް ކައުންސިލަށް ހޮވިފައިވާ ބޭފުޅުންނެވެ. އަތޮޅު ކައުންސިލްގެ ފުރަތަމަ ރައީސް އިބްރާހިމް އަނީސްގެ އިތުބަރު ނެތްކަމުގެ ވޯޓް ނަގާފައިވަނީ ކައުންސިލްގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ބުނެ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް އެކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ކައުންސިލްގެ ރައީސް އިސްތިޢުފާއަށްވެސް ގޮވުމަށް ފަހުގައެއެވެ. އަޙްމަދު އާސިފްގެ އިތުބާރުނެތްކަމަށް މިދިޔައަހަރު ނިންމީ ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒު ކުރަންޖެހެނީ ރައީސް ނުވަތަ ނައިބް ރައީސް ކަމަށްވާއިރު ކައުންސިލް ރައީސް އެކަންކަން ތަންފީޒު ނުކުރައްވައި ގިނަ ދުވަސްތަކެއް ވޭތި ކުރައްވާ ކަމަށްބުނެ ހުށައެޅި މައްސަލަތަކަކަށްފަހު ނެގި ވޯޓަކުންނެވެ.
މިއަދު މައްސަލަ ހުށައެޅުއްވި އާސިފްގެ އިތުބާރު ނެތްކަމަށް މިދިޔަ އަހަރު ހުށައަޅައި ނިންމުމުން އެލްއޭ ނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އޭނާ މަގާމުން ވަކިކޮށްފައި ވަނީ ސާބިތު ހިފޭ ފަދަ މައްސަލަތަކެއް ދައްކައިގެން ނޫން ކަމަށެވެ.
No comments: