ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޖަލްސާއެއް މަދު ބަޔަކާއި އެކު ރޭ ފޮނަދޫގައި ބާއްވައިފިއެވެ.
ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ދެ ބޭފުޅުން ކަމަށްވާ ޙަމްދޫން ޙަމީދާއި ޝިފާޤް މުފީދު ބައިވެރިވެލެއްވި މި ޖަލްސާ ބާއްވާފައިވަނީ ރޭ 9 ޖެހިއިރު ފޮނަދޫ އިޖްތިމާޢީ މަރުކަޒުގައެވެ. ރޭގެ ޖަލްސާގައި ސަތޭކަވަރަކަށް މީހުންވެސް ހަމަނުވާ ކަމަށް އެ ޖަލްސާއަށް ދިޔަ ފަރާތަކުން އެލްއޭ ނިއުސް އަށް މަޢުލޫމާތު ދީފައިވެއެވެ.
ރޭ ބޭއްވި ޖަލްސާއަށް ދިޔަ މަޢުމޫނު ޢަބްދުލް ޤައްޔޫމަށް ވަރަށްބޮޑަށް ތާއިދުކުރާ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފެއްބުނީ ރޭގެ ޖަލްސާއަށް ގޮސްފައިވަނީ 75 އާއި 80 އާއި ދެމެދުގެ ޢަދަދެއްގެ މީހުން ކަމަށެވެ. އެމީހާ ބުނީ ގައިމުވެސް 80 މީހުންނަށްވުރެން ގިނަމީހުން ގޮސްފައި ނުވާކަމަށެވެ.
ފޮނަދުއަކީ ރާއްޖޭގެ ނިސްބަތުންވެސް ޕީޕީއެމް އަށާއި އެޕާޓީގެ ރައީސް މަޢުމޫނަށް ބޮޑު ތާއިދެއް އޮންނަކަމަށް މަޝްހޫރުވެފައިވާ ރަށެކެވެ. ނަމަވެސް މިހާރު މިއޮތް ސަރުކާރު އައުމަށްފަހު ފެނަކަ ކޯޕަރޭޝަނާއި ކައްދޫ އެއަރޕޯޓްސް ކޮމްޕެނީއަށް ވަޒީފާއަށް މީހުންނެގުމުގައި ޕީޕީއެމްއަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ އަތެއް އޮވެ ނުޙައްޤުން އެކަން ކޮށްފައިވާކަމުގެ ތުހުމަތު ޕީޕީއެމްގެ ޢާއްމު މެންބަރުން ކުރަމުންދިއުން މިހާރަކަށްއައިސް ވަނީ ޢާއްމުވެފައެއެވެ. އަދި މިކަމުގެ ސަބަބުން ޕީޕީއެމްއަށް ނިސްބަތްވާ ވަރަށްގިނަ މެންބަރުން ޖުމްހޫރީ ޕާޓީއާއި ގުޅިފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.
ކުއްލި ޚަބަރު
Recent Post
">
No comments: